ads
ލިވަޕޫލުގެ ކޯޗު ކްލޮޕް
ފަހަތުން އަރައި މޮޅުވެގެން ލިވަޕޫލް އެއްވަނައަށް
ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި ލޫޓަން ޓައުން ބަލިކޮށް ލިވަޕޫލުން ލީގުގެ އެއް ވަނައިގައި އަލުން ލީޑުނަގައިފި އެވެ.

ރޭ ލޫޓަން ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. މި މޮޅާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ، 26 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. 

ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 25 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ 25 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި ލޫޓަން އިން ލީޑު ނެގީ މެޗުގެ 12 ވަނަ މިނިޓްގައި ޗިއޮޑޯޒީ އޮގްބޭނޭ ޖެހި ލަނޑުންނެވެ. އެ ނަތީޖާއާއެކު ފުރަތަމަ ހާފު ނިމިފައިވާއިރު، ލިވަޕޫލުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ހަތަރު ގޯލު ޖަހައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް