ads
ނިކުތީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އެކު ރައްޔިތުންނަށް ހިދުމަތްކުރަން: ރައީސް
ނިކުތީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އެކު ރައްޔިތުންނަށް ހިދުމަތް ކުރަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެ އެވެ.
Advertisement

މިއަދު ގއ. ވިލިނގިލީގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން އެ މަނިކުފާނަށް އެ ފުރުސަތު ދެއްވަފައިވާ ކަމަށްޓަކާއި ރައްޔިތުންނައް ވަރަށް ބޮޑަށް ސުކުރު އަދާ ކުރައްވާ ކަމަށެވެ.

އެ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއި އެކު ރައްޔިތުނައް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށާއި ގޯހުން ގޮސްފައިވާ ކަންކަން ރަނގަޅުކޮށް ރައްޔިތުން އެދޭ އަމާޒަށް ވާސިލް ވުމަށް ކުރެވެން ހުރި މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެން އެއްވެސް ވައުދެއް ހަނދާން ނައްޓައިނުލައްވާކަމަށާއި އެ ވައުދުތައް ހަނދާން ނައްތާލުމުގެ އެއްވެސް ވިސްނުންފުޅެއް ވެސް އެ މަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ.

ކެމްޕޭނުގެ ތެރޭގައި ދެކެވުނު ހުރިހާ ވާހަކައެއް މިހާރުވެސް ފޮތެއްގެ ގޮތުގައި ރައްޔިތުންނާއި ހަމައަށް ގެނެވިފައިވާ ކަމަށާއި އެ ކަން އެގޮތަށް ކުރުމުގެ ބޭނުމަކީ ރައްޔިތުން ބޭނުންވަ ވަގުތެއްގައި އެ މަނިކުފާނާއި އެ ވައުދުތަކާއި ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ރައްޔިތުން ދެއްވި އިތުބާރުގެ މަތީގައި ދެމިހުރެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ. 

ގއ.ވިލިނގިލީގެ ރައްޔިތުން ދެކެމުން އަންނަ އެންމެބޮޑު އެއް ހުވަފެންކަމުގައިވާ އެ ރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސްރޫއުގައި ސޮއިކުރެވިގެން ދިއުމުން ގއ. ވިލިނގިއްޔަށް އިތުރު ތަރައްގީ ގެ ފުރުސަތުތަކެއް ހުޅުވާލެވިގެންދާނެ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

މިއަދު ސޮއި ކުރެވުން މަޝްރޫއު ނިންމާލެވުމާއި އެކު އިގްތިސާދީ ގޮތުން ވިލިނގިލީގެ ރައްޔިތުން ދެކުމުން އަންނަ އިގްތިސާދީ ހުވަފެންތައް ހަގީގަތަކަށް ހެދިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގއ.ވިލިނގިލީގައި ކުރަން ނިންމާފައި ހުރި މުހިންމު ކަންކަން ކުރިޔަށް ގެންދަވާނެ ކަމަށާއި ގއ.ވިލިނގިއްޔަށް ބޭނުންވާ ތަރައްގީގެ މުހިންމު މަސްރޫއުތައް މިދައުރުގެ ތެރޭގައި ނިންމާދޭނަކަމަށެވެ.

"ވިލިނގިލީގެ ރައްޔިތުންގެ ދެކުމުން އަންނަ ހުވަފެންތަކު ގައި އަޅުގަނޑު ކުލަ ޖައްސައިދޭނަން. ތަރައްގީގެ ވާހަކަ އަކީ ހަމަ އެކަނި ދެކެވޭ ވާހަކަ އަކަށް ވެފައި އޮތް އޮތުން އަޅުގަނޑު ނިމުމަކަށް ގެނެސްދޭނަން " ރައީސް ވިދާޅުވި އެވެ

ރައީސް ވިދާޅުވީ އެ މަނިކުފާނަށް ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް މުހިންމު ކަމަށާއި ކޮންމެ ފަރުދަކީވެސް އެމަނިކުފާނު ކުރިމަތީގައި ހަމަހަމަ މީހެއްކަމަށެވެ.

ކޮންމެ ސަރަހައްދެގައިވެސް އެއްރަށެއް ތަރައްގީ ކުރުމުން އެ ސަރަހައްދެއްގައި ދިރިއުޅޭ ކުދި ރަށްތަކުގެ ރައްޔިތުން އަމިއްލައަށް ތަރައްގީ ކުރެވިފައިވާ ރަށަށް ހިޖުރަކުރާނޭ ކަމަށާއި މިކަމުގެ ސަބަބުން ކޮންމެ ފަރުދަކަށް ވެސް ހަމަހަމަ ކަމާއި އެކު އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް