ads
ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއަށް ސޮއި ކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.
Advertisement

ރައީސް ސޯލިހުގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީއަށް ސޮއި ކުރެއްވީ އެމްޑީޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދު މެންދުރު އެވެ. ފައިސަލް ސޮއި ކުރެއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސްކަމަށް އިންތިހާބުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާރު އިސްމާއިލުގެ އިތުރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު (ބިގޭ) ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނަން ނިމުމަކަށް އައި ފަހު ފައިސަލް ގެންދަވަނީ އެމްޑީޕީއާ އެކު ގުޅިގެން މަސައްކަތް ކުރައްވަމުންނެވެ. އެންމެ ފަހުން މާލޭ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމުގެ ކެމްޕެއިންގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންނެވި އެވެ.

your imageނައިބު ފައިސަލް ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި ފައިސަލް ވާހަކަ ދައްކަވަނީ-- ފޮޓޯ:އެމްޑީޕީ

މިހާރު އަމަލު ކުރާ ގާނޫނު އަސާސީ ހެދި ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވުމަށް ފަހު ކާށިދޫ ދާއިރާގެ މަޖިލީސް މެމްބަރުކަން ވެސް ކުރައްވާފައިވާ ފައިސަލަކީ އާ ގާނޫނު އަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ނައިބު ރައީސް އެވެ. ފައިސަލް ވަނީ 2004 ވަނަ އަހަރު އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ފުވައްމުލަކު މެންބަރެއްގެ ގޮތުގައި ހާއްސަ މަޖިލީހުގައި ހިދުމަތް ކުރައްވައިފައެވެ.  

އެމްޑީޕީން ފައިސަލްގެ ސިޔާސީ ހަޔާތް ފެއްޓެވި ފައިސަލް އަކީ އެމްޑީޕީން ފުރަތަމަ އެކުލަވައިލި ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ފައިސަލް އެމްޑީޕީ ދޫކުރައްވަވައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ އެ ޕާޓީ އުފެދުމާ ގުޅިގެން 2008 ވަނަ އަހަރު އެވެ. ފައިސަލް އެމްޑީޕީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ 2005 ވަނަ އަހަރު އެވެ. އެއަށް ފަހު، ފައިސަލް ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވީ އެ ޕާޓީގައެވެ.

އޭރު މަޖިލީހުގެ ދައުރު ހަމަވުމުން ސިޔާސީ ކަންކަމުން ބްރޭކެއް ނެންގެވުމަށް ފަހު ފައިސަލް އަލުން ސިޔާސީ ކަންކަމަށް ނުކުންނެވީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގަ އެވެ. އެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި އޭނާ ވަނީ ކާށިދޫ ދާއިރާއަށް އިންތިހާބުވެފަ އެވެ.

ޖެހިގެން އައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރެން ނިންމައި ރަނިންމޭޓަކު ކަނޑައަޅަން ޖޭޕީއަށް ފުރުސަތު ދިނުމުން ފައިސަލް ވަނީ ޖޭޕީގެ އެތެރޭ އިންތިހާބު ކާމިޔާބު ކުރައްވައި އިދިކޮޅު ކެންޑީޑޭޓު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރަނިންމޭޓަކަށްވެވަޑައިގެންފަ އެވެ. އެ އިންތިހާބު ކާމިޔާބުވުމާ އެކު ފައިސަލް ވެވަޑައިގަތީ ރާއްޖޭގެ ނުވަވަނަ ނައިބު ރައީސަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް