ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދާއެއްގޮތަށް މިއަދު އިފްތިތާހު ކުރި މޮސްކް މެނޭޖްމެންޓް ޕޯޓަލް އެހީގައި އިމާމުން މެދުވެރިކޮށް މިސްކިތްތަކުގެ ހާލަތު ބަރާބަރަށް ކޮންމެ ދުވަހަކު ވެސް ބެލޭނެ ކަމަށާއި މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުގެ އެންމެހައި ޒިންމާތައް މަތިކުރެވިފައިވާ ކައުންސިލްތަކަށް އެ މައްސަލަ ވަގުތުން ރިޕޯޓްކުރެވިގެންދާނެ ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި ސަރުކާރުގެ 14 ވަނަ ހަފުތާގައި ނިންމުމަށް ތާވަލުކޮށްފައިވާ ޕޯޓަލްގެ އެހީގައި މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުގެ އެންމެހައި ޒިންމާތައް މަތިކުރެވިފައިވާ ކައުންސިލްތަކަށް އެ މައްސަލަ ވަގުތުން ރިޕޯޓްކުރެވިގެންދާނެ އެވެ.
މި ޕޯޓަލްގެ ޒަރީޔާއިން ކައުންސިލްތަކާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު މައުލޫމާތު ބަދަލުކުރުމަށްވެސް ފަސޭހަވެގެން ދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
އިސްލާމީ މަރުކަޒުގައި މިއަދު އޮތް ހަފުލާއެއްގައި މި ޕޯޓަލް އިފުތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ މުހައްމަދު ޝުޖާޢު އަބްދުލް ހަކީމެވެ.