ads
"ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބޭނުމަކީ އިތުބާރު ގާއިމްކުރުން"
ސްޓެލްކޯގެ އަތޮޅުތެރޭގެ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ހިންގި ޑިވެލޮޕްމަންޓު ޕްރޮގްރާމްގެ ބޭނުމަކީ އިތުބާރު ގާއިމްކޮށްދިނުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް، އިތުބާރާ ނުލާ ކުރެވޭނެ މަސައްކަތެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެކަކު އަނެކަކަށް އިތުބާރު ނުކުރަންޏާ އޭނަ އެ މަގާމެއްގަ ބަހައްޓާކަށް ބޭނުމެއް ނުވާނެ ވެރިއަކަށް ހުންނަ މީހަކު، އޭނަގެ އަސްލު ބޭނުމެއް ނުވެސް ހިފޭނެ، އޭނާގެ ވެރިމީހާ އޭނައަށް އިތުބާރު ނުކުރަންޏާ." ފަހުމީ ވިދާޅުވި އެވެ.

އެހެންކަމުން ވެރިންނާއި އެންމެ އާދައިގެ މުވައްްޒަފުންނާ ދެމެދު ވެސް އިތުބާރު ގާއިމްކުރަން ޖެހޭ ކަމުގައި ފަހުމީ ފާހަގަ ކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ތަރައްގީގެ މާނަތަކަށް ބަލާއިރު އިންސާނުން އަމިއްލަ އިހުސާސުން އެންމެ ފުރަތަމަ ތަރައްގީ ދެނެގަންނަނީ ސްޓެލްކޯއިން ކަމަށެވެ.

"އެއީ ފުޅި ބައްތިން އެނޫން އަލިކަމަކަށް ބަދަލުވުން، އަނދިރިކަމަކުން އަލިކަމަކަށް އައުން، ފަޅުކަމަކުން ދިރުމަކަށް އައުން، މިކަންކަމަށް ތަރައްގީއޭ ކިޔާ އުޅެނީ." މިނިސްޓަރު ވިދާޅުވި އެވެ.

ސްޓެލްކޯއިން ހިންގި މި ތަމްރީނު ޕްރޮގްރާމަކީ އެ ކުންފުނިން ފޯރުވައިދޭ ހިދުމަތްތަކަކީ ރައްޔިތުންނާއި ގާތުން އަދި ރައްޔިތުންނަށް ފަސޭހައިން ލިއްބައިދެވޭނެ އަދި އިތުބާރާއި ޔަގީންކަން ގާއިމްވެފައިވާ ހިދުމަތްތަކަކަށް ހެދުމަށާއި، އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ޖުމްލަ 37 ބައިވެރިންނާއެކު ބޭއްވި މި ޕްރޮގްރާމްގައި ސްޓެލްކޯގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި، ހިންގުމުގެ ހުނަރުތަކާއި ގުޅޭގޮތުން ސެޝަންތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް