ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ގދ އަދި ގއގެ ރަށްތަކަށް ވަޑައިގެން އެރަށްތަކުގެ ރައްޔިތުންނާ ބައްދަލުކޮށް ހުރި މައްސަލަތައް ބައްލަވާލައްވައިފައެވެ.
ރައީސްގެ މިދަތުރުފުޅުގައި ބޮޑެތި ޕްރޮޖެކްޓްތަކުގެ ފަހުމުނާމާތަކުގައި ސޮއި ކުރެވިފައި ވެއެވެ.
އެގޮތުން ތިނަދޫ ސިޓީގައި ބައިނަލް އަގުވާމީ ވައިގެ ބަދަރެއް ގާއިމްކޮށް ގދ އަތޮޅުގައި 12 ރިސޯޓް ތަރައްގީކުރުމުގެ ޕްރޮޖެކްޓެއްގެ އިތުރުން ގއ. ވިލިނގިލީގައި ބައިނަލް އަގުވާމީ އެއާޕޯޓެއް ތަރައްގީކޮށް އެރަށު ފަޅުގައި 17 ރިސޯޓް ހަދަން ހަވާލުކުރި ޕްރޮޖެކްޓް ފާހަގަކުރެވެއެވެ.