ފުލުހުން ބުނީ މިރޭ ވިލިމާލޭ ވޯޓާ ސްޕޯޓްސް ދިމާލުން ކަނޑުމަތީ ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފަވާކަމަށެެވެ.
އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:48 ހާއިރުކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި އަނިޔާލިބިފައިވަނީ ދިވެހި ދެ ފިރިހެނުންނަށް ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާވި ދެ މީހުންނަށް ވެސް ވިލިމާލޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި މެރިން ޕޮލިސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.