ads
އައްޑޫސިޓީ ބިންހިއްކުން ނިމުނުކަން މިސަރުކާރުންވެސް އިއުލާންކޮށްފި
އައްޑޫ ސިޓީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން އެއްކޮށް ނިމިއްޖެކަން ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފައްޓަވާ ދެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. ބިލިއަނެއްހާ ރުފިޔާގެ މި މަޝްރޫެއުގެ ދަށުން އައްޑޫއިން 194 ހެކްޓަރުގެ ބިން ހިއްކާ 11 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރަން އޮތީ ހިމަނާފައެވެ.

މި މަސައްކަތް ނިމުންވެސް މިދިޔަ ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. ބިން އިތުރުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައި ވަނީ ރައީސް ސާލިހް އައްޑޫ ސިޓީއަށް މިދިޔަ ސެޕްޓެމްބަރުގައި ކުރެއްވި ދަތުރުގައެވެ. އަދި ހިއްކި ބިމުން ދޫކުރރާ ގޯތިން ބައެއް ގޯތިވެސް މިމަހު ކުރީކޮޅު އައްޑޫ ސިޓީ ކައުންސިލުން ވަނީ ދޫކޮށްފައެވެ. 

އައްޑޫ ސީޓީން ހިއްކި ބިން

  • މަރަދޫ: 76 ހެކްޓަރު
  • ހިތަދޫ ޒޯން 1 އަދި 2: 80 ހެކްޓަރު
  • ހަންކެޑެ: 4.72 ހެކްޓަރު
  • 4 ލޭން ލިންކް ރޯޑް: 3.3 ހެކްޓަރު
  • 3 ރިޒޯޓް ސަރަހައްދު: މުޅިއެކު 25 ހެކްޓަރު
  • ޖުމްލަ: 189.02 ހެކްޓަރު

ކޮންސްޓަރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބާއި މިނިސްޓްރީގެ އެކްސް އިން މިރޭ ވަނީ މި މަޝްރޫއު ނިމުނުކަން އަނެއްކާްވެސް އިއުލާންކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް