މީގެ ކުރިން މިރޭ ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި އެކްސިޑެންޓްގައި އަނިޔާލިބިފައިވަނީ ދެ މީހުންނަށް ކަމަށެވެ.
ނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ވަނީ އަނިޔާ ލިބުނު މީހުންގެ އަދަދު 13 އަށް އަރާފައިވާކަމަށާއި 6 މީހަކު އިތުރު ފަރުވާއަޢް އައިޖީއެމްއެޗަށް ގެނެސްފައިވާކަމަށެވެ.
ފުލުހުން ބުނީ، އޭގެ ތެރޭގައި ހިމެނެނީ ތިލަމާލޭ ބްރިޖުގެ މަސައްކަތުގައި އުޅޭ އިންޑިއާގެ އެފްކޮންސް ކުންފުނީގެ 10 މީހަކާއި އަނަންތުރާ ލޯންޗުގެ ތިން މީހުން ކަމަށެވެ.
މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:48 ހާއިރުކަމަށް ފުލުހުން ބުނެއެވެ.