ads
76 ރަށުގައި ލެބޯޓްރީގެ ހިދުމަތް ފެށުމުގެ މަޝްރޫއު އިފްތިތާހުކޮށްފި
ލެބޯޓްރީގެ ހިދުމަތް ލިބެންނެތް 76 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ފެށުމުގެ މަޝްރޫއު އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫޢު އިފުތިތާހު ކޮށްދެއްވާފައިވަނީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފުއެވެ.

،މިއަދު މެންދުރުފަހު ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި، ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި، އާންމު ސިއްހީ ހިދުމަތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ސިއްހީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުއެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14 އެޖެންޑާގައި ހިމެނޭ މުހިންމު ވަޢުދެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.

 ނައިބުރައީސް ވިދާޅުވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން މިހާތަނަށް ލެބޯޓްރީއެއްނެތް 4 ރަށެއްގައި މިއަދު މި ހިދުމަތް ދޭން ފަށާނެކަމަށެވެ.

 އަދި މި އަހަރުގެ މޭ މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައިވެސް މި ހިދުމަތް ދޭން ފަށާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ނައިބުރައީސް ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ވިދާޅުވެފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް