
ރޭ 07:50 ކަންހާއިރު ވިލިމާލެ ވޯޓާސްޕޯޓްސް ސަރަހައްދުން ބޭރު ކަނޑުމަތީގައި އެކްސިޑެންޓްވެފައިވަނީ ބްރިޖް ހަދާ އެފްކޮންސް ކުންފުނީގެ ލޯންޗަކާއި ރިސޯޓެއްގެ ލޯންޗެއް ޖެހިގެންނެވެ. އެ ހާދިސާގައި އަނިޔާވެގެން 13 މީހަކަށް ފަރުވާދިނުމަށް ވިލިގިނލި ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެތެރެއިން 6 މީހަކަށް އިތުރު ފަރުވާދިނުމަށް އައިޖީއެމްއެޗަށް ވަނީ ބަދަލުކޮށްފައެވެ.
މި އެކްސިޑެންޓް ހަބަރު ފެތުރުނުތާ އިރުކޮޅެއް ފަހުން ކޮންސްޓްރަކްޝަން މިނިސްޓަރ ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފައިވާނެކަމށެވެ. އަދި ލައިންސަންސް ހިފަހައްޓާނެކަމުގެ އިންޒާރުވެސް ދީފައިވާކަން ވަޒީރު ހަނދާން އައު ކޮށްދެވިއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓް
ފުލުހުން ބުނީ، ރޭ ހިނގި އެކްސިޑެންޓްގައި އަނިިޔާވީ ތިލަމާލޭ ބްރިޖުގެ މަސައްކަތުގައި އުޅޭ އިންޑިއާގެ އެފްކޮންސް ކުންފުނީގެ 10 މީހަކާއި އަނަންތުރާ ލޯންޗުގައި ތިބި 3 މީހުން ކަމަށެވެ. އެކްސިޑެންޓްވީ ދެ ލޯންޗުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެޕތަނު އެއް ލޯންޗު އޮތޫ ފުށުން ޖަހާލާފައެވެ. އަނެއް ލޯންޗަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.