ads
ކުނބުރުދޫ
ކުނބުރުދޫ ފުޓްބޯޅަ ދަނޑު އަޕްގްރޭޑް ކުރަނީ
އދ. ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފިއެވެ.

ކުނބުރުދޫ ފުޓްބޯޅަ ދަނޑު ބޮޑުކޮށް, ނުނިމިހުރި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ހަތަރު މިލިއަން ރުފިޔާއަށެވެ. މި ދަނޑު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ޓާފް އެޅުމާއި އަދި ލައިޓިންގ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 60 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. މި 60 ދުވަހުގެ އިތުރުން މަސައްކަތުގެ ސައިޓާ ހަވާލުވެ، ބޭނުންވާ ސާމާނު ސައިޓަށް ޖަމާކޮށް, މަސައްކަތް ފެށުމަށް 14 ދުވަސް އާރްޑީސީއަށް އިތުރަށް ލިބޭނެއެވެ.

ކުނބުރުދު ދަނޑު އަޕްގްރޭޑް އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރެވެ. އަދި އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް