ads
ރޯދަމަހު ބީއެމްއެލްގެ ހިދުމަތް ފަށާނީ ހެނދުނު 9:30 ގައި
އަންނަ ރޯދަމަހު ބީއެމްއެލްއިން ހިދުމަތް ދޭ ގަޑިތައް އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށެވެ. އަދި ރޯދަ މަހުގެ ފަހު ދިހައެއްގައި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ބޭންކު ހުޅުވައި ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންމެ ރޯދަމަހެއްގެ ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ނުވަތަ އާޔާ އަދި ފޭސްބުކް މެސެންޖަ އިން ލައިވް އޭޖަންޓަކާ ވާހަކަ ދައްކައިގެން ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި ބީއެމްއެލް މޯބައިލް އެޕް، ވަޓްސްއެޕް، ވައިބަ އަދި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ބޭންކުގެ ހިދުމަތް ހޯދޭނެ ކަމަށް ބުންޏެވެ.

ބީއެމްއެލް އިން ކަސްޓަމަރުންގެ ކިބައިން އެދިފައިވަނީ އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ބޭންކުގެ ހިދުމަތްތައް ހޯދުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް