ads
ރައީސް މުއިއްޒުއާ ސުވާލު ކުރެވޭ ޕަބްލިކް ފޯރަމްގެ ތެރެއިން. -- ފޮޓޯ؛ ރައީސް އޮފީސް
ސީދާ ރައީސަށް ސުވާލު ފޮނުވޭ ޕޯޓަލް އިފްތިތާހުކޮށްފި
ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ޝަކުވާ އަދި ހިލާޔު ފޮނުވޭ ގޮތަށް "ރައްޔިތުންގެ އަޑު" ޕޯޓަލް އިފްތިތާހުކޮށްފި އެވެ. ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ހިންގުމަކީ ރައީސްގެ އެއް ވައުދުފުޅެވެ.

މިރޭ އޮތް "އަހާ" ފޯރަމުގެ ތެރެއިން މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

"ރައްޔިތުންގެ އަޑު"ގެ ނަމުގައި އުފެއްދި މި ޕޯޓަލް މެދުވެރިކޮށް ސުވާލު ފޮނުވޭނީ އީފާސް މެދުވެރިކޮށް ލޮގިންވެގެންނެވެ. މިރެއިން ފެށިގެން އެ ޕޯޓަލް ލައިވްވާނެ އެވެ.

"ރައްޔިތުންގެ ހާދިމެއްގެ ގޮތުގަ މަސައްކަތް ކުރަންޏާ އަޅުގަނޑަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގަ މަގުތައް ފަހިކުރަން ޖެހޭނެ. އެހެންވީމަ މި ފޯރަމް މި ބާއްވަނީ އެހެންވެ. އަދި ވަޒީރުން ވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރަންވެގެން ފޯރަމްތައް ބާއްވަނީ،" މީގެ 18 ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ސީދާ އެ މަނިކުފާނަށް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމްކުރައްވާނެ ކަމަށް ވި ވައުދު ފުއްދަވަމުން ރައީސް ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ރައްޔިތުން ކުރާ ސުވާލުތަކުން އެއް ސުވާލަށް، ހުރި ތަނަކު ހުރެގެން މިހާރު ވެސް ޖަވާބު ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކޮންމެ ކަމަކާ ގުޅިގެން ވެސް އެމަނިކުފާނަށް ސުވާލާއި ހިޔާލު ހުށަހެޅޭނެ ކަމަށެވެ. އެކަންކަމަށް ޖަވާބު ދެއްވާނީ ހުދު އެމަނިކުފާނު ކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް