ads
ސަރުކާރުން ބޭނުންވަނީ އިންޑިއާ ކަނޑުގައި ރައްކާތެރިކަން ގާއިމްކުރަން: ގައްސާން
ސަރުކާރުން ބޭނުންވަނީ އިންޑިއަންއޯޝަންގައި ރައްކާތެރިކަމާއި ސުލްހަވެރިކަން ގާއިމްކުރަން ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އިންޑިޔާ ސްރީލަންކާ އަދި ދިވެހި ރާއްޖެ ގުޅިގެން ކުރިޔަށް ގެންދާ ޓްރައިލެޓްރަލް އެކްސަސައިޒް "ދޯސްތީ" ހުޅުވުުމުގެ ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ގައްސާން ވިދާޅުވީ މިއެކްސަސައިޒް އަކީ އިންޑިޔާ ކަނޑުގެ ރައްކާތެރިކަމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ

މި އެކްސަސައިޒްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ސަރޗް އެންޑް ރެސްކިއު، މެޑިކަލް އިވެކުއޭޝަން، ކައުންޓަރ ޕައިރެސީ، ޕޮލިއުޝަން ރެސްޕޮންސްގެ އިތުރުން އިންސާނީ އެހީތެރިކަމާއި ކާރިސާތަކުގައި އެހީތެރިވުމުގެ މަސައްކަތްތައް ފަދަ ދާއިރާތަކުން ސަރަހައްދީ އެއްބާރުލުން ދިނުމަށް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މި އެކްސަސައިޒް އެންމެ ފުރަތަމަ އުފެދިގެން އައީ އިންޑިޔާ އަދި ދިވެހި ރާއްޖޭގެ ކަނޑުގެ ސިފައިންގެ މެދުގައި ރަނގަޅު ކޮމިއުނިކޭޝަންއެއް ގާއިމްކުރުމަށް" ގައްސާން ވިދާޅުވި އެވެ.

2012 ވަނަ އަހަރު ސްރީލަންކާއިން މި އެކްސަސައިޒް އާއި ގުޅުމާއި އެކު މި އެކްސަސައިޒް އިތުރަށް ފުރިހަމަވެފައި ވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ދޮސްތީ އެކްސަސައިޒް އަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް 3 ގައުމު ގުޅިގެން ކުރިއަށް އަސްކަރީ ތަމްރީނުު ޕޮރޮގްރާމެކެވެ. 1991 ގައި ފެށި މި ތަމްރީނުތައް ކުރިއަށް ގެންދަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރެވެ. މި ޕްރޮގުރާމާއި ސްރީލަންކާއިން ގުޅުނީ 2012 ވަނަ އަހަރުއެވެ.

އެކްސަސައިޒް ދޯސްތީގެ މަޤުސަދަކީ ޤައުމުތައް ގުޅިގެން އިންޑިއާ ކަނޑުގައި ސާޗް އެންޑް ރެސްކިޔު ނުވަތަ މީހުން ހޯދާ ސަލާމަތްކުރުމާއި ސިއްޙީ ކަންކަމުގައި މީހުން އުފުލުމާއި ކަނޑުމަތީ ފޭރުމުގެ ކަންކަން ހުއްޓުވުމާއި ކަނޑުމަތީ ދިމާވާ އެކި ކަންކަމުގައި އިންސާނީ އެހީ ފޯރުކޮށްދިނުންފަދަ ކަންކަން ކުރިއަށް ގެންދިޔުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް