ads
ރާއްޖޭގެ 4 ސަރަހައްދެއްގައި ދަނާލު އަޅަން ނިންމައި އެ މަސައްކަތް އިފްތިތާހުކޮށްފި
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ރާއްޖޭގެ 4 ސަރަހައްދެއްގައި ދަނާލު އަޅަން ނިންމައި އެ މަސައްކަތް އިފްތިތާހްކޮށްފި އެވެ.

ދަނާލު އެޅުމުގެ މަޝްރޫއު އިފްތިތާހުކޮށްފައިވަނީ ރ. ދުވާފަރުގައި ދަނާލު އަޅަން ހަމަޖެއްސި ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.

އެ މިނިސްޓްރީން ބުނީ އަތޮޅުތަކަށް މަތީ ތައުލީމު ފުޅާކޮށް ރަށުން ބޭރުގައި ކިޔެވުމަށް ފަސޭހަކަމާއެކު ތިބެވޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުން ހަތަރު ރަށެއްގައި ދަނާލު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދަނާލު އަޅަން ނިންމާފައިވަނީ ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގަ އެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ހުރި ގޮންޖެހުންތައް ކުޑަކުރެވިގެންދާނެކަމަށް ވަޒީރު މާރިޔާ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން އަމިއްލަ ރަށުގައި ލިބެންނެތް މަތީ ތައުލީމުގެ ހާސިލްކުރުމުގެ ފުރުސަތު އެހެން ރަށަކުން ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް