ads
ރާއްޖެއަށް ޕެޓްރޯލްބޯޓް އަށް މިލިއަން ޑޮލަރަށް ދޭން އެމެރިކާއިން މަޝްވަރާކޮށްފި
ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ހަތަރު ބޯޓު ގަތުމަށް ޖުމްލަ އަށްމިލިއަން ޑޮލަރަށް ރާއްޖެއަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އެމެރިކާއާއި ރާއްޖެއާ ދެމެދު މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާ ކޮށްފައިވަނީ ރާއްޖެ އާއި އެކު އޮތް ގުޅުން ހަރުދަނާ ކުރުމަށް އެމެރިކާގެ ޑެޕިއުޓީ ސެކެޓްރީ އޮފް ސްޓޭޓް ފޯ މެނޭޖްމެންޓް އެންޑް ރިސޯސަސް ރިޗާޑް ވަރްމާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ބުނެ އެވެ.

އެ އިދާރާއިން ނެރުން ނޫސް ބަޔާނުގައިވާ ގޮތުން މި ބައްދަލު ކުރެއްވުމުގައި ރާއްޖެއަށް އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމާއި ކަނޑުގެ ސަލާމަތީ ކަންކަން ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ދެ ގައުމުގެ ދޭތެރޭ އޮތް ގުޅުން އިތުރަށް ހަރުދަނާ ކޮށް ރަނގަޅު ގުޅުމެއް ބިނާ ކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރެވުން ކަމުގަ އެވެ.

your imageއެމެރިކާގެ ޑެޕިއުޓީ ސެކެޓްރީ އޮފް ސްޓޭޓް ފޯ މެނޭޖްމެންޓް އެންޑް ރިސޯސަސް ރިޗާޑް ވަރްމާ އާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން 

ރިޗާޑް ވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި، ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް