ads
"އެކްސަސައިޒް ހިޔާ" ބާއްވައިފި
ހިޔާ ޓަވަރެއްގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި، ކަމާ ގުޅުންހުރި އިދާރާތަކުން ގުޅިގެން "އެކްސަސައިޒް ހިޔާ" ނަމުގައި އެކްސަސައިޒެއް ބާއްވައިފި އެވެ.

މިއީ، ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮ އިންޓާނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސް އެއިޑް) 'ސްޕްރިން ޕްރޮޖެކްޓް' ގެ ދަށުން އޭޝިއަން ޑިޒާސްޓަ ޕްރެޕެއާޑްނެސް ސެންޓާ (އޭޑީޕީސީ) އިން ސަޕޯޓް ދީގެން ބޭއްވި އެކްސަސައިޒެކެވެ.

ހިޔާ ފުލެޓް 16 ސަރަހައްދުގައި މިއަދު ހެނދުނު ބޭއްވި މި އެކްސަސައިޒް ކުރިއަށް ގެންދިޔައީ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ރެޑް ކްރެސެންޓް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގުޅިގެންނެވެ.

your imageއެކްސަސައިޒް ހިޔާ ގެ ތެރެއިން 

އެމްއެންޑީއެފުން ބުނީ ގޮތުގައި މި އެކްސަސައިޒަކީ، ހާދިސާތަކުގައި މަސައްކަތް ކުރާ އެޖެންސީތަކުގެ އެސްއޯޕީތަކަށް އަހުލުވެރިވުމުގެ ގޮތުން، ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމުގައި ވާންޖެހޭ ތައްޔާރީއާއި، ކޯޑިނޭޝަން އިތުރުކުރުމަށްޓަކައި ކުރިއަށްގެންދިޔަ އެކްސަސައިޒެކެވެ.

މިގޮތުން އިޖާބަދިނުމުގެ އުކުޅުތައް އަމަލީގޮތުން ޓެސްޓްކޮށް ރަނގަޅު ކުރަންޖެހޭ ދާއިރާތައް ދެނެގަތުމަށް ޓަކައި މި އެކްސަސައިޒްގައި ހިޔާ ޓަވަރެއްގައި ރިއަލް ލައިފް ސިނާރިއޯއެއް ސިމިއުލޭޓްކޮށް ވަނީ ފަރިތަކޮށްފައެވެ.

މި އެކްސަސައިޒަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެޗްޑީސީއާއި، މާލެ ސިޓީ ކައުންސިލްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް އަދި އީއެމްއެސްގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް