ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި މިދިޔަ ހަފްތާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޕިކަޕެއްގެ ތެރޭގައި ހުރެ ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސިއެވެ. އޭރު މަގުމަތިން ކުޑަ ކުދިންނާއި އަންހެނުންވެސް ހިނގާބިގާވެ އަދި ދުއްވާ އެއްޗެތީގައިވެސް އުޅެއެވެ.
އޭނާގެ އެ އަމަލާ މެދު ސޯޝަލް މީތައް ބަޔަކުވަނީ ނުރުހުން ފާޅުކޮށްފަ އެވެ.