ads
ކެމްޕޭނު ދަތުރެއްގައި އަބްދުﷲ ޝާހިދު އުކުޅަހަށް ވަޑައިގެންފި
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ކުރާ ދަތުރެއްގައި އެމްޑީޕީީގެ ރައީސް އަބްދުﷲ ޝާހިދު އަބްދުﷲ ޝާހިދު އުކުޅަހަށް ވަޑައިގެންފި އެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބައްގައި އެމްޑީޕީގެ ފަރާތުން ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ހުސެއިން ސަމީރުގެ ކެމްޕޭނަށް ޝާހިދު އުކުޅަހަށް ވަޑައިގެންނެވީ މިއަދު އެވެ.

އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ހުސެއިން ސަމީރަށް އަދި އޭނާ ކެމްޕޭނު ޓީމަށް އުކުޅަހުން ކީ ހޫނު ތަރުހީބަށް ޝުކުރުދަންނަވާ ކަމަށެވެ. 

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ މިސްރާބު ހަމަ މަގަށް އެޅުވުމަށް ހުރިހާ ބޭފުޅުންވެސް އެމްޑީޕީގެ ކެންޑިޑޭޓް ހުސެއިން ސަމީރަށް ހުރިހާ ބޭފުޅުންވެސް ވޯޓުދެއްވުން އެދޭ ކަމަށެވެ. 

ޝާހިދު އިތުރަށް ވިދާޅުވީ ހުރިހާ ބޭފުޅުންވެސް ތިލަފަތަށް ވޯޓުދެއްވުމަށް އެދިލައްވާ ކަމަށެވެ.

ޝާހިދުއަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނާއި އެންމެ ގާތުން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެ ސަރުކާރުގެ އެންމެ ބޮޑު ހާރިޖީ ކާމިޔާބީގެ ގޮތުގައި ސިފަކުރާ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުވެސް ޝާހިދު ވަނީ ބަލަހައްޓަވައިފަ އެވެ.

ޝާހިދަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ވެސް ފޮރިން މިނިސްޓަރުގެ މަގާމު ދެ އަހަރު ދުވަހު އަދާ ކުރެއްވި ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމުގެ އިތުރުން ވ. އަތޮޅުގެ މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މެންބަރު ކަމާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު ކަން އޭނާ ކުރެއްވި އެވެ. ކެޔޮދޫ ދާއިރާގެ މެންބަރަކަށް ހުންނެވި ދައުރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ޝާހިދު ފުރުއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް