ads
މުއިއްޒު
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އަކީ ރާއްޖޭގައި ފެށޭ އިގްތިސާދީ އެންމެ ބޮޑު މަޝްރޫއު
ސަރުކާރުގެ 5 ކުންފުންޏެއް އެކުވެގެން އުފެއްދި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއު ވެގެންދާނީ ރާއްޖޭގައި ފެށޭ އިގުތިޞާދީ އެންމެ ބޮޑު މަޝްރޫޢަށްކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ފާއިތުވި 14 ހަފުތާގެ ތެރޭގައި އިޤްތިޞާދީ ދާއިރާ ކުރިއެރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި އެމަނިކުފާނު މަސައްކަތްކުރައްވަނީ ދަރަނި އިތުރުވިޔަ ނުދިނުމަށާއި، ދަރަނި ދެއްކުމަށާއި، އިގުތިޞާދަށް އާމްދަނީ އިތުރުކޮށް އިގުތިޞާދު ފުޅާކުރުންފަދަ ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ގެންދެވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ވާރުތަވި ދަރަނީގެ މައްޗަށްވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ހޯރަފުށީގެ ތަރައްގީއަށް ހިންގަން ފެށި މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައިހުރި މަޝްރޫއުތައް އަލުން ފައްޓަވައި ދެއްވާނެ ކަމަށެވެ. އަދި މުޅިން އަލަށް ފަށަން ހަމަޖެހިފައިވާ މަޝްރޫއުތަކާއި، ކެމްޕޭންގައި ވައުދުވެވަޑައިގެންފައިވާ މަޝްރޫއުތަކަށް އިސްކަންދެއްވައިގެން މަޝްރޫއުތައް ތަރުތީބުކޮށް، މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ހިންގައިދެއްވާނެކަމުގެ ޔަގީންކަން ދެއްވެވި އެވެ.

"ހާއްސަ އިސްކަމެއް ދޭނެ ކަންކަމުގެ ތެރޭގައި ހޮސްޕިޓަލުގެ މަޝްރޫއާއި ގިރާ ސަރަހައްދަށް ހައްލެއް ގެނައުމާއި ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރުން އަދި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް