ads
އެމްއެންޑީއެފުން ބަލަހައްޓާ ސުޕްރީމް ކޯޓުގެ އަނބުގަހަށް މީހަކު އަރައިފި
ސުޕްރީމް ކޯޓުގެ ގޯތި ތެރޭ ހުރި އަނބު ގަހަށް އަރާ އަނބު ބިން މީހަކު 15 ދުވަހަށް ބަންދުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ގޯތި ތެރޭ ހުރި އަނބު ގަހަށް އަރާ އަނބު ބިން މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ނ. ލަންދޫ، އުދަރެސް އިނާޒް މުހައްމަދެވެ. އޭނާއަކީ އުމުރުން 38 އަހަރުގެ މީހެކެވެ. އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ، ހުއްދަނޫން ތަނަކަށް ވަނުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ. 

އެމްއެންޑީއެފުން ބަލަހައްޓަމުންދާ ސުޕްރީމް ކޯޓުގެ އިމާރާތަށް އޭނާއަށް ވަދެވުނީ ކިހިނެތް ކަމެއް ނޭނގެއެވެ. ސުޕްރީމް ކޯޓު ގަހުން އަނބު ބިނދެގެން ހައްޔަރު ކުރި މީހާގެ މި ފަދަ ރެކޯޑްތައް އޮންނަ ކަމަށް އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގެއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރުވެސް ސުޕްރީމް ކޯޓުގެ ގޯތި ތެރޭގައި ހައްދާފައި ހުރި އަނބު ގަހުން އަނބު ބިންނަން އުޅުނު މީހަކު ހުއްޓުވައި ހައްޔަރު ކުރިއެވެ. އެ ފަހަރު ހައްޔަރު ކުރި މީހާ ބުނެފައިވަނީ އަނބު ބިންނަން އުޅުނީ ޖެހިގެން އޮތް ދުވަހު ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮތުމުން ރަހުމަތްތެރިންނަށް ދޭން ވެގެން ކަމަށެވެ. ސުޕްރީމް ކޯޓު ގަހުން އަނބު ބިނުމަކީ މަނާ ކަމެއް ކަން ނޭގޭ ކަމަށް އެ މީހާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް