ފަސް ދަނޑުގެ މައްޗަށް އެކުލެވޭ ފުޓްސަލް އާއި ނެޓްބޯޅަ ކޮމްޕްލެކްސް އިމާރާތަކީ އާ ސަރުކާރުގެ ހަފުތާ 14 ގެ މަގުޗާޓުގައި ކުޅިވަރުގެ ދާއިރާއިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ހިމެނޭ ކަންކަމެވެ.
ފުޓްސަލް ކޮމްޕްލެކްސް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައެވެ. އަދި ނެޓްބޯޅަ ކޮމްޕްލެކްސް ގާއިމުކުރާނީ ހުޅުމާލެ ފޭސް އެކެއްގައެވެ.
މިއީ ރާއްޖޭގައި ގާއިމުކުރާ ފަސް ދަނޑުގެ ފުރަތަމަ ކޮމްޕްލެކްސްތަކެވެ. އަދި މި ދެ ކޮމްޕެލްކްސް ވެގެންދާނީ މަލްޓި ސްޕޯޓްސް ކުޅެވޭ ގޮތަށް ފަރުމާކުރެވިގެން ތައްޔާރުކުރެވޭ ދެ ތަނަށް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.