ads
މި ސަރުކާރުން މަސްވެރިންނަށް 522 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިއަދާހަމައަށް 522 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް އުތުރުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިިން މިއަދު ހއ. އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރެެއްވި ޖަލްސާ ތެރެއިން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ވެސް މަސްވެރިންނަށް ދޭންހުރި ފައިސާ ނުދެވުނު ކަމަށެވެ.

މިސަރުކާރު އައިސް ފައިސާ ޗާޕުކުރުން ހުއްޓާލީ އޭގެ ނޭދެވޭ އަސަރު މިހާރު ނުކުރިއަސް ކުރިއަށް އޮތްތާގައި ދިވެހިންނަށް އޭގެ ނޭދެވޭ އަސަރުކުރާނެތީކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ފައިސާ ޗާޕުކޮށްގެންވެސް ކީއްވެގެންތޯއޭ އެފައިސާ ނުދައްކަވާ އޮތީ. ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެންނެވި ފަހުން  500 އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ހަަމަ ޔަގީނުންވެސް 17 ނޮވެމްބަރުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑު އަދަދުވެސް ދަންނަވާލާނަން ރައީސްގެ އިޒްނަފުޅާއި އެކީގައި 522 މިލިއަން ރުފިޔާ." ޝިޔާމް ވިދާޅުވިއެވެ. 

އެއީ މަސްވެރިންނަށް ދޫކޮށްފަހުރި ތެލާއި، ކްރެޑިޓަށް ދޫކޮށްފަ ހުރި އައިސް ހިމެނޭ ގޮތައް ކަމަށް ޝިޔާމް ވިދާޅުވިއެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް