ads
މިހާތަނަނަށް 8،250 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި
"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަނަށް 8،250 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގޯތި ދޫކުރީ ހުޅުމާލެ ދެއަކާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުންނެވެ. އެ ސްކީމްގެ ދަށުން ޖުމްލަ 9000 ގޯތި ދޫކުރުމަށް ކުރީ ސަރުކާރުން ވަނީ ނިންމާފައި އެވެ.

ހައުސިން މިނިސްޓްރީން ބުނީ 8،250 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކޮށްފައިވާއިރު ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުކޮށްފައި ވަނީ 118 މީހަކާ ކަމަށެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުނުކުރެވޭ 303 މީހަކު ވެސް އުޅެ އެވެ. އަދި ބިމަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކު އެ ބިން ދޫކޮށްލަން އެދިފައިވާތީ ސޮއެއް ނުކުރެވެ އެވެ. ބިން ލިބުނު ފަހުން 12 މީހަކު މަރުވި އެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ބިން ލިބިފައިވާ މީހުންގެ ތެރެއިން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 މީހަކާ އެކު އެއްބަސްވުމުގައި ސޮއެއް ނުކުރެވެ އެވެ. އެކަަމަކު، އެއީ ކޮން ސަބަބުތަކެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު 212 މީހަކާ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

އެ މިނިސްޓްރީން ބުނިގޮތުގައި އޭގެ ތެރެއިން ގިނަ ބަޔަކަށް ވަނީ ދެ ވަނަ ފުރުސަތެއް ވެސް ދީފަ އެވެ.

އެ ސްކީމުގެ ދަށުން ދޫކުރި ބިންތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ނުކުރެވި ވާ މީހުންނަށް، އެ ހަވާލު ކުރުމަށް ކުރުމަށް ގުޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ގުޅާނީ 4004994 އާއި 4004797 އިން ކަމަށް ވެސް ބުންޏެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފަ އެވެ.

ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު އެތަންތަން ހިއްކަމުން ދަނީ ކުރިން ކަނޑައަޅާފައި އޮތް މިންވަރަށްވުރެ ބޮޑުކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް