ads
ވަށަފަރު
މި އަހަރުގެތެރޭގައި ވަށަފަރު ބިންހިއްކުމުގެ މަސައްކަތް ފަށާނަން: ރައީސް
މިއަހަރުގެ ތެރޭގައި ވަށަފަރު ބިން ހިއްކުމުގެ މަސައްކަތް ފަށާނޭ ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ހއ.ވަށަފަރު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައިވެ ވަޑައިގެންފައިވާ ފަދައިން ހއ.ވަށަފަރުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެން ދާނޭ ކަމަށެވެ. 

ރައީސް ވިދާޅުވީ އެއްވެސް ތަފާތެއް ނެތި ހުރިހާ ރަށަކަށްވެސް ހިދުމަތް ކުރައްވަމުން ގެންދަވާނޭ ކަމަށާއި އެ ރަށަކީ ކުޑަ ރަށެއް ތޯ ބޮޑު ރަށެއް ތޯ ނުބައްލަވާނޭ ކަމަށެވެ.

މިވަގުތު ބިން ހިއްކުމަށް ބޭނުންވާ ފައިސާއެއް ބަޖުޓުގައި ނެތް ނަމަވެސް ބޭރުގެ ފަރާތްތަކާއި ގުޅިގެން ފައިސާ ހޯދުމުގެ މަސަައްކަތް ކުރައްވަމުން އަންނަކަމަށާއި މިއަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭ އެތަށް ރަށެއްގައިވެސް ފެށިފައި ހުރި މަސްރޫއުތައް ކުރިޔަށްދާ ސްޕީޑް ވަރަށް ލަސްކަމުގެ ޝަކުވާ ލިބެމުން އަންނަކަމަށާއި އެކަން އެހެން ވާން ޖެހެނީ ނިމިދިޔަ ސަރުކާރުން މި އަހަރަށް ފާސްކޮށްފައި އޮތް އިރު އެ މަޝްރޫއުތަކަށް ބޭނުންވާ ވަރަށްވެސް ފައިސާ ހިމަނާފައި ނުވާކަމަ ށެވެ.

ކުނި މެނޭޖް ކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެކަން ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ރަށުގެ ހޮސްޕިޓަލްއަށް ބޭނުންވާ ލެބޯޓްރީގެ މަސައްކަތްވެސް ބަޖެޓުގެ ތަންދިންވަރަކުން ކުރިޔަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ތަރައްގީ މަސައްކަތްތައް ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުންނާއި ހަމަޔަށް ގެނެއުމަށް ކުރިޔަށް މި އޮތް ރައްޔިތުންގެ އިންތިހާބުގެ މެޖޯރިޓީ ވަރަށް މުހިންމުކަމަށް ފާހަގަ ކުރައްވާ ރައީސް ވަށަފަރު ރައްޔިތުންގެ ފަރާތުން އެދިވަޑައިގަތީ އެ ދާއިރާއަށް ސަރުކާރު ކޯލިޝަންއިން ނިކުމެ ހުރި ކެންޑިޑޭޓަށް ވޯޓުލާ ދީ ހޯވާ ދިނުމަށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް