ads
ސުހާނާ---
ގޭގައި ހުންނަން ޖެހުމުން ސުހާނާ މޭކަޕް ކުރަން ދަސްކުރަނީ
ބޮލީވުޑުގެ ކުޅަދާނަ އެކަޓަރު ޝާހް ރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ގޭގައި ހުންނަން ޖެހޭތީ މޭކަޕް ކުރަން ދަސްކުރަން ފަށައިފިއެވެ.

މިވަގުތު މުޅި އިންޑިއާ 21 ދުވަހުގެ ލޮކްޑައުނެއްގައި އޮތްއިރު ގިނަ ބަޔަކު ގެއިން ބޭރަށް ނުނިކުމެވޭތީ ފޫހިވެގެން އެކި ކަންކަން ދަނީ ކުރަމުންނެވެ. 

އެގޮތުން ސުހާނާ މޭކަޕް ކުރަން ދަސްކުރަން ފަށާފައިވާއިރު އޭނާ ވަނީ އިސްޓަގުރާމު މެދުވެރިކޮށް އަމިއްލަ އަށް މޭކަޕް ކޮށް، ނަގާފައި ހުރި ފޮޓޯތަކެއް ހިއްސާކޮށްފައެވެ. 

ގިނަ ބަޔަކަށް ސުހާނާގެ މޭކަޕް ކަމުގޮސްފައިވާއިރު ގޯރީ ހާން ވަނީ ސުހާނާގެ ފަރާތުން މޭކަޕް ޓިޕްސް ދަސްކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ސުހާނާ އަކީ ޝާހު އާއި ގޯރީގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. 

އުމުރުން 19 އަހަރުގެ ސުހާނާ ވަނީ މަޝްހޫރު މެގަޒިން ވޮގް އިންޑިއާގެ ކަވާ އިން ވެސް ފެނިފަ އެވެ. ބޮލީވުޑުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ސުހާނާ މިވަގުތު އަންނަނީ އިތުރަށް ކިޔަވަމުންނެވެ. 

ޝާހު ބުނި ގޮތުގައި ފިލްމީ ދާއިރާއަށް ދަރިފުޅު ނެރެން އެހީވާނީ ކިޔަވާ ނިމުމުންނެވެ. ނަމަވެސް ދާދިފަހުން ސުހާނާ ވަނީ ދިހަ މިނެޓުގެ "ދަ ގްރޭ ޕާޓް އޮފް ބުލޫ" ކިޔާ ކުރު ފިލްމެއްގައި އެކްޓްކޮށްފަ އެވެ.

ސުހާނާއަކީ "ސްޓާ ކިޑުން"ގެ ތެރެއިން މީޑިއާ އާއި އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ އެއް ކުއްޖެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް