ads
2 ފަނޑިޔާރަކާއި ފުލުހުންނަށް އިންޒާރުދިން 2 މީހެއްގެ ބަންދަށް 15 ދުވަސް
ދެ ފަނޑިޔާރުންނާއި ފުލުހުންނަށް އިންޒާރުދިން ދެ މީހެެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްްޔަރުކޮށްފައިވަނީ މއ. މާކަރީގޭ ނަބާހް ބުންޔާމީން އަބްދުލްކަރީމް 22އ އާއި ހުޅުމާލޭ ގޯތި ނަމްބަރު 11399 މުހައްމަދު އަދުހާން އިސްމައީލް 32އ އެވެެ.

އެމީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ދެ ފަނޑިޔާރަކަށް އިންޒާރުދިން ކަމަށާއި ސީނަށް ދިޔަ ފުލުހުންނަށް އިންޒާރުދިންކަމުގެ ތުހުމަތެވެ.

މި މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެެ.

އެމީހުން ބަންދުކޮށްފައިވަނީ އެމީހުންގެ ސަބަބުން މުޖުތަމައުއަށް ނުރައްކާ ވެދާނެކަމަށް ފެންނާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް