ads
ޕާކިން ސްލޮޓްތަކާއި ގުޅޭ ގިނަ ޝަކުވާތަކެއް، ފިޔަވަޅު އަޅާނަން: މޭޔަރު
މާލޭގެ އެކި ސަރަހައްދުން ވިއްކާފައި ހުރި ޕާކިންތަކައި ގުޅޭ ގިނަ ޝަކުވާތަކެއް ލިބެމުން އަންނަކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ޕާކިން ސްލޮޓްތަކުގެ ޝަކުވާތައް ލިބޭ، ފިޔަވަޅު އަޅާނަން

މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން ޝަކުވާ ހުށައެޅުމަށް ސިޓީ ކައުންސިލުން މިދިޔަ މަހު ހުޅުވާލިއެވެ. 

ސީއެންއެމާއި ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ޕާކިން ސްލޮޓްތަކާއި ގުޅިގެން ޝަކުވާ ހުށައެޅުމަށް ދިން މުއްދަތު މިމަހު 5 ގެ ނިޔަލަށް ހަމަވިނަމަވެސް އަދިވެސް ޝަކުވާތައް ލިބެމުން އަންނަކަމަށެވެ. އަދި ހުށައެޅިފައިވާ ޝަކުވާތަކާއި ގުޅޭ މައްސަލަތައް ބަލާ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލުން އަޅަމުން ގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް އަޅާނީ ކޮން ފިޔަވަޅެއްކަމެއް މޭޔަރު ވިދާޅެއް ނުވެއެވެ. 

މާލޭގެ އެކި ސަރަހައްދުތަކުން ޕާކިން ޖާގަ ކުއްޔަށް ދިނުމަށް ހުޅުވާލީ ރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގައި 2022 ވަނަ އަހަރުއެވެ. އޭރު ޕާކިން ކުއްޔަށް ދޭން ނިންމީ މަހު ފީ ދައްކާ ގޮތަށް، ގިނަވެގެން އެެއް އަހަރު ދުވަހަށް ދޫކުރާ ގޮތަށެވެ. އަދި އެ ޖާގަތަކަށް ކޮންމެމީހަކަށް މާލޭގެ ތަފާތު ތިން ސަރަހައްދަކަށް އެދެވޭނެއެވެ.   

މާލެއިން ޕާކިން ސްލޮޓްތައް ވިއްކާފައިވަނީ ތަފާތު ތިން އަގަކަށެވެ. ޓެކްސީތަކުން ދައްކަން ޖެހެނީ މަހަކު 650 ރުފިޔާ އެވެ. ޕްރައިވެޓް ކާރަކުން ޕާކިން ފީގެ ގޮތުގައި ނަގަނީ 1500 ރުފިޔާއެވެ. ކުންފުނީގެ ވެހިކަލްތަކުން ޕާކިން ފީގެ ގޮތުގައި މަހަކު 3000 ރުފިޔާ ދައްކަންޖެހެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް