ads
ލިވަޕޫލް ކުޅުންތެރިން
ލީގު ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލަށް
ޗެލްސީ ބަލިކޮށް، ލީގު ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދައިފިއެވެ.

ލީގު ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެނެވެ. 

މެޗުގެ ހަމަ އެކަނި ލަނޑު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ވާޖިލް ވެން ޑައިކް ބޮލުންނެވެ. މިއާއެކު ލިވަޕޫލަށް 10 ވަނަ ފަހަރަށް ލީގު ކަޕް ލިބުނީއެވެ.

ލިވަޕޫލުން ލީގު ކަޕް މީގެ ކުރިން ކާމިޔާބުކޮށްފައިވަނީ، 1981، 1982، 1983، 1984، 1995، 2001، 2003، 2012، އަދި 2022 ގައެވެ.  ލީގު ކަޕް އެންމެ ގިނަ ފަަހަރު ހޯދުމުގެ ރެކޯޑް އޮތީ ލިވަޕޫލް އަތުގަ އެވެ. މިއީ، މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ޔާގެން ކްލޮޕް، އެ ޓީމަށް ހޯދައިދިން ދެ ވަނަ ލީގު ކަޕެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް