ކަސްޓަމްސްއިން ބުނީ މިދިޔަ މަހު އިމްޕޯޓްސް އެކްސްޕޯޓުން ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާ ބަލާއިރު ވަނީ %7 އިތުރުވެފައެވެ. މިދިޔަ އަހަރު ޖެނުއަރީ މަހު އިމްޕޯޓްސް އެކްސްޕޯޓުން ކަސްޓަމްސްއަށް ލިބިފައިވަނީ 349 މިލިއަން ރުފިޔާއެވެ.
ކަސްޓަމްސް އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ. މީ މިިދޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު %31 އިތުރުވުމެކެވެ.
ޖެނުއަރީ މަހު ރާއްޖެއިން ބޭރުކުރި 173 މިލިއަން ރުފިޔާގެ މުދަލެވެ. މީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު %31 ދަށްވުމެކެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއިންނެވެ. އެގައުމުން 938 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ. ދެން އެންމެ ގިނަ މުދާ އެތެރެކުރީ އޮމާނުންނެވެ. ތިންވަނައިގައި އޮތް އިންޑީއާއިން މިދިޔަ މަހު ރާއްޖެއަށް 700 މިލިއަން ރުފިޔާގެ މުދާވަނީ އެތެރެކޮށްފައެވެ.