ads
މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކުރުމުން ޑިމޮކްރެޓްސްގެ ފާޑުކިޔުން
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކުރުން ޑިމޮކްރެޓްސް އިން ފާޑުކިޔައިފިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަމަށް ެންމެ ފަހުން ބޭއްވި ޖަލްސާ ނިންމަވަމުން ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަހްމަދު ސަލީމް ވަނީ އިއުލާންކުރައްވާފައެވެ. އެހެންނަމަވެސް މިއަދަށް ތާވަލުކުރި ޖަލްސާ ބާއްވާފައެއް ނުވެއެވެ. 

މަޖިލީހުންގެ ބުނީ މިއަދުގެ ޖަލްސާ ނޯންނާނެކަމަށެވެ. އެކަމުގެ އޭގެ ތަފްސީލެއް މަޖިލީހުން ނުބުނެއެވެ. އަދި މިއަދު ބާއްވަން ތާވަލުކުރި މަޖިލީހުގެ ޖަލްސާގެ އެޖެންޑާއެއް ނުވަތަ އެހެން މައުލޫމާތެއްވެސް މަޖިލީހުގެ ވެބްސައިޓްގައިވެސް ނެތެވެ.

މިއަދުގެ ޖަލްސާ ނުބާއްވާ ކެންސަލްކުރުމުން އިދިކޮޅު ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓުން އެނގޭ ގޮތުގައި މިއަދު ޖަލްސާ މަޖިލީހުން ކެންސަލްކުރީ ޕީޖީ ލީޑަރުން މަޖިލީހުގެ ރައީސަށް ލަފައެއް ދިނުމުންނެވެ. ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ތިބުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. 

" މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ޖަލްސާތައް ބާއްވަންޖެހޭ. ޖަލްސާތައް ނުބާއްވަން ޕީޖީ ލީޑަރުން މ. ރައީސަށް ލަފައެއް ނުދެއްވޭނެ. މަޖިލީހުން ނިންމާންޖެހޭ އެތައް ބައިވަރު މަސައްކަތެއް އެބަހުރި." ހަސަން ލަތީފު އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެއެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމެއް މިއަދު 11:00 ޖަހާއިރު ބާއްވަން ތާވަލުކުރުމަށްފަހު 10 ޖެހި ފަހުން އެ ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް