ads
މާލެ ކައުންސިލްގެ ޤުރުއާން އަދި މަދަހަ މުބާރާތަށް ހުޅުވާލައިފި
މާލެ ސިޓީ ކައުންސިލުން ކުރިއަށް އޮތް ރޯދަ މަހު ބާއްވަން ނިންމާފައިވާ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ގުރުއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭއިރު، ކޮންމެ ގޮތްޕެއްގައި ވެސް ހަ އުމުރުފުރާ ހިމެނެ އެވެ. މަދަހަ މުބާރާތުގައި ވެސް ބަލަނީ ހަމަ އެ އުމުރުފުރާތަކަށެވެ. އެއީ:

އުމުރުފުރާތަކުގެ ތެރޭގައި ހިމެނެނީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

މަދަހަ މުބާރާތް ވެސް ހުޅުވައިލީ މި އުމުރުފުރާތަކަށެވެ.

ކައުންސިލުން ބުނީ ދެ މުބާރާތުގައި ވެސް 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމާއި މަދަހަ ކިޔުމަށް އިންސާފެއް ނުކުރާނެ އެވެ. ނަމަވެސް ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ފަސް ދަރިވަރުން ހޮވައި، ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވާނެ އެވެ.

* ގުރުއާން މުބާރާތުގެ އުމުރުފުރާއަށް ކަނޑައަޅާފައިވާ އިނާމު:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 8000ރ.
2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 6000ރ.
3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 4000ރ.

* މުޅި މުބާރާތުން ވަނަވަނަ އަށް ކަނޑައެޅިފައިވާ އިނާމު:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 25،000ރ.
2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 15،000ރ.
3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 10،000ރ.

* މަދަހަ މުބާރާތުގެ ކޮންމެ އުމުރުފުރާއަކަށް ކަނޑައަޅާފައިވާ އިނާމު:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 7000ރ.
2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 5000ރ.
3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 3000ރ.

* މުޅި މުބާރާތުން ވަނަވަނަ އަށް ކަނޑައެޅިފައިވާ އިނާމު:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 10،000ރ.
2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 7000ރ.
3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 5000ރ.

އެ ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވުމަށް https://quranmadhaha.malecity.gov.mv/ ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހު މާލެ ކައުންސިލުން ގުރުއާން މުބާރާއި މަދަހަ މުބާރާތް ބޭއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް