ads
ލާމަރުކަޒީ ނިޒާމަކަށް ބަދަލުކުރުމަކީ ގެނެވުން މުހިންމު ބަދަލެއް: ރައީސް
ދިވެހި ރާއްޖެ ހިންގުން ލާމަރުކަޒީ ނިޒާމަކަށް ބަދަލުކުރުމަކީ ގާނޫނަށް ގެނެވުން ވަރަށް މުހިންމު ބަދަލެއް ކަމެއްކަމަށް ރައީސް ވިދަޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް 13 އަހަރު ފުރުމުގެ މުނާސަބަތުގައި ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިކަން މިގޮތަށް ވެގެން ދިއުމަކީ ރައްޔިތުންގެ ބަސް ސަރުކާރަށް އިވުމަށް ކޮށިގެން ދިޔަ މަގެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރަށުފެންވަރުގައި އަދި ސިޓީ ފެންވަރުގައި ދެވޭ ހިދުމަތްތަކަކީ ރައްޔިތުން ބޭނުންވާ ގޮތަށް ތަރުތީބުކޮށްފައިވާ ހިދުމަތްތަކަކަށްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ދެވިފައިވާ ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެވިފައިވާ ކަމަށް ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

"ލޯކަލް ކައުންސިލް ތަކަކީ ސަރުކާރުގެ ފަރާތުން ރައްޔިތުން ހިދުމަތް ކޮންދޭ މުހިންމު އެއް ފަށަލަ. ކައުސިލްތަކަކީ އެ ދާއިރާއެއްގައި ގާނޫނީ ގޮތުން ތަންފީޒު ކުރަންޖެހޭ މުހިންމު ކަންކަން ތަންފީޒު ކުރާ އެންމެ މުހިންމު އެއް އިދާރާ ކަމަަށް އަޅުގަނޑު ގަބޫލު ކުރަން" ރައީސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ރައްޔިތުންނައް ބޭނުންވާ އެންމެ މުހިންމު ހިދުމަތްތައް ހަމަހަމަ ކަމާއި އެކު ފޯރު ކޮށްދިންކަމަށާއި މި ގޮތަށް މިކަން ބައްޓަން ކުރުމަށް ކައުންސިލްތަކުން ނިންމާ ނިންމުތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުމަށް ބޭނުންވާ ނަމަ ހުރިހާ ވުޒާރާތަކުންވެސް ކައުންސިލްތައް ބޭނުންވާ މުހިންމު މައުލޫމާތު ދީ އެ ކައުންސިލްތަކާއި ގުޅިންހުރި ކަންކަމުގައި ގޮތް ނިންމާ އިރު އެ ކައުސިލްގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށެވެ.

"ލޯކަލް ކައުންސިލް ތަކަށް ސަރުކާރުގެ ތެރެއިން އިތުރަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުމަށް އަޅުގަނޑު ވާނީ އެކަމަށް ހާއްސަ މިނިސްޓްރީއެއްވެސް ހަދާފައި. އެ މިނިސްޓްރީ އުފެދުމުގެ ނަތީޖާ ދަނީ ފެންނަމުން. " ރައީސް ވިދާޅުވި އެވެ.

 ހުރިހާ ކައުންސިލްތަކެއް ވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކަކާއި އެއް ވިއުގައަކުން ގުޅިފައި ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ކުރަން ޖެހޭ ކަންތައް ދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް