ads
ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމުގެ ދިރާސާތަކަށް އެހީ ދެނީ
ޕޯސްޓްގްރެޖުއޭޓް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމާ ގުޅޭ ދާއިރާތަކުން ދިރާސާ ކުރުމަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ރާއްޖެ އާއި ބޭރުގައި ވެސް ޕޯސްޓްގްރެޖުއޭޓް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް މި ފުރުސަތުގެ ދަށުން ނެޗުރަލް ކެޕިޓަލް ވެލުއޭޝަން، އެކައުންޓިންގެ ރިސާޗް ސްޓަޑީޒްތައް، ބަޔޯޑައިވާސިޓީ ކޮންޒަވޭޝަން، އަދި ކޯޕަރޭޓް ސެކްޓާގެ ވިޔަފާރި އާއި އެކައުންޓިން ޕްރޮފެޝަންތަކާ ގުޅުން ހުރި ދާއިރާތަކުން ދިރާސާތައް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެންދެރި ސްޓުޑެންޓް ގްރާންޓްގެ ނަމުގައި ހުޅުވާލަފއިވާ މި ފުރުސަތުގެ ދަށުން 14 ދަރިވަރަކަށް ގިނަވެގެން އެއްލައްކަ ރުފިޔާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިނިސްޓްރީން މި މަޝްރޫއު ކުރިއަށްގެންދަނީ ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމެންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކު އެވެ.

މި މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރައުސުލްމާލު ވަޒަންކޮށް، މިވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމެވެ.

އޭޕްރީލް 15 ‏ވަނަ ދުވަހުގެ 14:00 އާ ހަމަޔަށް ފުރުސަތު ހުވާލާފައިވާ އެ އެހީ ބޭނުންވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ކޮންސެޕްޓް ނޯޓާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް ހުށަހަޅަން ޖެހޭނީ [email protected] މި މެއިލްއަށެވެ.

މީގެއިތުރުން އެހީއަށް އެދި ހުށައަޅާއިރު ދިރާސާކުރުމަށް ކަނޑައަޅާފައިވާ ދާއިރާއާއި މަސައްކަތަކީ އެހީ ދިނުމުގެ އުސޫލުތަކަށް ފެތޭ، އެ ދަރިވަރަކު ތައުލީމް ހާސިލްކުރަމުންދާ ޔުނިވާސިޓީއަކުން ރުހުންދީފައިވާ މަސައްކަތަކަށް ވާންޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް