ނޮޅިވަރަމްފަރުގައި ފީފާ އެޕްރޫވްޑް ދަނޑެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޮޅިވަރަންފަރުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީވެގެންދާއިރު ފީފާ އިން ޤަބޫލުކުރާ ފެންވަރުގެ ދަނޑަކަށް އެތަން ވެގެންދާނެ ކަމަށެވެ.
އަންނަ އަހަރު ނޮޅިވަރަންފަރުގައި އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތައް ވެސް ކުޅެވޭނެހެން ތަރައްޤީކުރަން ނިންމާފައިވާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަޝްރޫއު ފަށްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.