ads
މިއަހަރު 50 ރަށުގެ ކައުންސިލްގެ އިމާރާތް އަޅައިދޭނަން: ރައީސް
50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް އެއް ފަހަރާ ފަށައިގެން މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅު މަކުނުދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފުވިތާ 13 އަހަރުވެގެން ދިޔައިރު ކައުންސިލްތަކަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ވެސް ހަމަޖެހިފައި ނެތް ކަމަށެވެ.

އެ މަސައްކަތްތައް ކުރުމަށް ބަޖެޓު ކުރެވިފައި ނެތް ނަމަވެސް އިންވެސްޓާ ފައިނޭންޝް މޮޑެލްގެ ތެރެއިން އެ މަސައްކަތްތައް ފެށޭނެ ކަމަ ރައީސް ވިދާޅުވި އެވެ. 

އަމާޒަކީ ހުރިހާ ރަށު ކައުންސިލަކަށް ރަނގަޅު ފެންވަރުގެ އޮފީސް އިމާރާތެއް ގާއިމުކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އެ މަޝްރޫއުގައި މި އަހަރު ފަށާނީ 50 ރަށެއްގެ ކައުންސިލް އިމާރާތުގެ މަސައްކަތްކަމަށާއި ފުރަތަމަ ފިޔަވަހީގައި ކަނޑައަޅާ 50 ރަށް އިހުތިޔާރު ކުރުމުގައި އެންމެ ޖާގަ ކުޑަ އަދި އިމާރާތް ވީރާނާވެފައި ހުރި ރަށްރަށް އަދި އާބާދީއަށް ބަލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ކޮމިޓީތަކާ ބައްދަލު ކުރައްވަމުން ކަމަށާއި މަކުނުދޫގައި މިއަދު ވިދާޅުވީ، ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ހުރިހާ ކައުންސިލަކާއި އަންހެނުންގެ ކޮމިޓީއާ ބައްދަލު ކުރެވޭނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވި އެވެ.

މިއަދު ލާމަރުކަޒީ ނިޒާމަށް 13 އަހަރު ފުރުމުން ގުޅިގެން ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްގެ އިދާރާތަކުގެ އިމާރާތްތައް ހުރީ ވަރަށް ބޮޑަ ވީރާނާވެފައި ކަމަށާއި ވީހާވެސް އަވަހަކަށް އެ ރަށްތަކުގެ ކައުންސިލް އިދާރާތަކަށް އާ އިމާރާތްތަކެއް ބިނާ ކޮށްދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ތެރެއިން ކުރަމުން އަންނަ ކަމަށެވެ. 

ރައީސް ވިދާޅުވީ އަމާޒަކީ ކައުންސިލްތަކަށް ގާނޫނީ ވާޖިބު އަދާކުރެވޭނެ، ރައްޔިތުންނާއެކު މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދަވާނެ ކަމަށެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް