ads
މަކުނުދޫގައި އެއާޕޯޓު އަޅަން ނިންމާފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ފޮޓޯއެއް
މި އަހަރުތެރޭ މަކުނުދޫ އެއާޕޯޓު ހުޅުވުމަށް މަސައްކަތް ކުރަނީ
މި އަހަރު ނިމުމުގެ ކުރިން ހދ. މަކުނުދޫ އެއާޕޯޓު ތަރައްގީކޮށް ނިންމައި ހުޅުވުމުގެ މަސައްކަތް ކުރައްވަމުން ދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހދ. މަކުނުދޫ، އިފާސާ އަހްމަދު ކުރި ސުވާލަކަށް "ރައީސްގެ ޖަވާބު" ޕްރޮގްރާމް ތެރެއިން ޖަވާބު ދެއްވަމުންނެެވެ. އިފާސާގެ ސުވާލަކަށްވީ އެކަހެރިކޮށް އޮތް މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ނިމި ދަތުުރުފަތުރުގެ ދަތިތަކަށް ހައްލެއް ލިބޭނީ ކޮން އިރަކުތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ މަކުނުދޫ އެއާޕޯޓުގެ މަސައްކަތައް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ. އަދި އެ މަސައްކަތް ބައްޓަން ކުރާނީ ރަށުގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން 15،00 މީޓަރަށް ހަދަން ހަމަޖެހިފައި އޮތް ރަންވޭ މިހާރު 18،00 މީޓަރަށް ދިގުކުރުމަށް ހަމަޖައްސާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެ އެއާޕޯޓު ހުޅުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"އިރާދަކުރެއްވިޔާ މި އަހަރު ނިމެން ވާއިރަށް އަޅުގަނޑު މި ބަލަނީ އެއާޕޯޓު ހުޅުވޭތޯ، އެހެންވީމަ އިރާދަކުރެއްވިއްޔާ މި އަހަރު އޭގެ ފަސޭހަކަން ލިބެން ފަށާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ރައީސް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް