ads
ކުވައިތު ފަންޑާ ގުޅުވާ ރައީސް މުއިއްޒު ހެއްދެވީ ކަނޑައެޅިގެން ބޮޑު ދޮގެއް: އަމީރު
ކުރީ ސަރުކާރަށް މަޝްރޫއުތައް ނުހިންގިގެން ކުވެއިތު ފަންޑުން ރާއްޖެއަށް ދިން ފަންޑުތައް އަންބުރާ ގެންދިޔަަކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅުތައް މިދިޔަ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ދޮގުކުރައްވައިފިއެވެ.

ރާއްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ،. ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި މަޝްރޫއުތައް ހިންގަން ކުވެއިތު ފަންޑުން ދިން ބައއް ފަންޑުތައް އަންބުރާ ގެންގޮސްފައިވާކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުން ރާއްޖޭގެ ހަތް ރަށެއްގައި އަޅަން އުޅުނު ހޮސްޕިޓަލްތައް ނޭޅި އެ މަޝްރޫއުތައް ނުހިންގުނީ ކުވައިތު ފަންޑުން ދިން ފަންޑުތައް އަންބުރާ ގެންގޮސްފައިވާތީކަމަށެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މި އަދު ދެއްކެޕވި ވާހަކަތަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓަކަށް ކުވައިތު ފަންޑުން ދިން ފަންޑު އަނބުރާ ގެންގޮސްފައިނުވާކަމަށެވެ. އަދި ރައީސްއަށް ރަނގަޅު މައުލޫމާތު އަރުވާނެ ގާބިލް މީހަކު އައްޔަންކުރުމަށްވެސް އަމީރު ވަނީ ގޮވާލައްވާފައެވެ. 

"ކުވެއިތު ފަންޑުން އަބަދުވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުން. މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓެއް/ ފަންޑު ދިނުން އަނބުރާ ގެންގޮސްފައިނުވޭ. މަނިކުފާނަށް ރަނގަޅު މައުލޫމާތު ދޭނެ ކަމަށް އެކަށީގެންވާ، ޤާބިލް މީހުން އައްޔަން ކުރަން ފެނޭ. " އަމީރު އެކްސްގައި ލިޔުއްވާފައިވެއެވެ.

ކުވައިތު ފަންޑުގެ އެހީގައި 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތައް އިމާރާތްކުރަން ކުރީގެ ސަރުކާރުން މިދިޔަ މޭމަހުގެ ތެރޭގައި  ދެ ކުންފުންޏަކާއި ވަނީ ހާވާލުކޮށްފައެވެ. އެގޮތުން  ހދ. ހަނިމާދޫ، އދ. މާމިގިލި، ވ. ފެލިދޫ، ތ. ވިލުފުށީގައި އަޅާ ހޮސްޕިޓަލް އެޅުމަށް ހަވާލުކުރީ ދިވެހި ކުންފުންޏެއްކަމަށްވާ ޑެޕްލެކްސް ޕްރައިވެޓް ލިމިޑެޓާއެވެ.  ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫގައި އަޅާ ހޮސްޕިޓަލް އިމާރާތްކުރަން ހަވާލުކުރީ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް