ads
ހެލިކޮޕްޓަރު ދުއްވަން އަންނަ އިންޑިއާ މީހުން މިއަދު އަތުވެއްޖެ: ދިފާއީ ވުޒާރާ
ރާއްޖޭގެ އޮތް އިންޑިއާ ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުން އަންނަ އާއްމުން މިއަދު އަތުވެއްޖެކަމަށް ދިފާއީ ވުޒާރާއިން ބުނެފިއެވެ.
Advertisement

ދިފާއީ ވުޒާރާއިން ބުނީ ހެލިކޮޕްޓަރު ދުއްވަން އައި އިންޑިއާ މީހުން މިރޭ އައްޑޫ ސިޓީއަށް ގޮސް އޮޕެރޭޝަންތަކާއި ހަވާލުވާނެކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް އިންޑިއާ ސިފައިން ފައިބާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. 

ދިފާއި ވުޒާރާއިން ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ 3 އޭވިއޭޝަން ޕްލެޓް ފޯމުގެ ތެރެއިން ފުރަތަމަ ފޮނުވާލަނީ އެތަނުން އެއް ޕްލެޓް ފޯމުގައި ތިބި 10 މީހުންކަމަށެވެ.

އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާ ތަކުގައި ހިމެނިގެން ސ. ގަމު ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު މަރާމާތައް އިންޑިއާއަށް ގެންދިޔުމަށް މާދަމާއިން ފެށިގެން އެ ހެލިކޮޕްޓަރުގެ ޓެސްޓް ފްލައިތްތަކެއް ކުރާނެކަމަށްވެސް ދިފާއީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ވެއެވެ. އަދި މި ހެލިކޮޕްޓަރު ގެންދިޔުމަށާއި އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާ މަނަވަރު އަންނަ ބުދަ ދުވަހު އައްޑޫ ސިޓީއަށް ބަނދަރުކުރާނެކަމަށްވެސް ދިފާއި ވުޒާރާއިން ބުނެއެވެ. 

ދިފާއި ވުޒާރާއިން ބުނީ ރައީސް މުިއއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހދަ ހަނިމާދޫ އާއި ލ. ކައްދޫގައި ސްޓޭޝަންކޮށްފައިވާ 2 ޕްލެޓް ފޯމުގައި ތިބި އިންޑިއާ ސިފައިން މެއި 10 ވަނަދ ދުވަހުގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާއެކު ފުރިހަމަކޮށް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންކަން މަޝްވަރާތަކާއި ކުރަންޖެހޭ ކަންކަން ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ސަރުކާރުން ކުރަމުން އަންނަކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް