އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މަކުނުދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަކުނުދޫއަކީ އެހެން ރަށްތަކާއި ދުރުގައި ވަކިން އޮންނަ ރަށެއްކަމުން، އެ ރަށުގައި ތިބެގެން ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ ހިދުމަތްތައް ސަރުކާރުން ޤާއިމުކޮށްދޭނެ ކަމަށެވެ.
ވެރިކަމާއި ހަވާލުވުމުގެ ކުރިން ފަށާފައި އޮތް އެއާޕޯޓު މަޝްރޫއަކީ ރައްޔިތުން އެންމެ އެދޭގޮތަށް ޒަމާނީ ފެންވަރަށް ޕްލޭންކުރެވިފައިވާ ތަނެއް ނޫންކަން ކައުންސިލާއި ރައްޔިތުން ފާހަގަކުރައްވާފައިވާކަމަށާއި، އެހެންކަމުން 1500 މީޓަރަށް ތަރައްގީކުރުމަށް ހަމަޖެހިފައި އޮތް މަކުނުދޫ އެއާޕޯޓުގެ ރަންވޭ 1800 މީޓަރަށް ބަދަލުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.