ads
ވެރިކަމުގައި ތިބީ ޑިމޮކްރަސީ ގަބޫލުކުރާ ބައެއް ނޫން: ފައްޔާޒު
ޕީޕީއެމް-ޕީއެންސީއަކީ މަޖުބޫރުވެގެން ޑިމޮކްރެޓިކް ބައެއްކަމަށް ދައްކައިގެން އުޅޭ ޑިމޮކްރަސީ ގަބޫލްނުކުރާ ބައެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމައިލް ވިދާޅުވެއްޖެ އެވެ.

މިރޭ އެމްޑީޕީ އިން މަޖިލިސް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޕީޕީއެމް-ޕީއެންސީއަކީ މަޖުބޫރުވެގެން ޑިމޮކްރެޓިކް ބައެއްކަމުގައި ދައްކައިގެން އުޅޭ އެކަން ގަބޫލުނުކުރާ ބަޔަކުކަމަަށެވެ.

"ޑިމޮޮކްރެޓިކް ބައެއްކަމުގައި ދައްކައިގެން އޭގެ އަސާސްތައް ގަބޫލްނުކުރާ އެއްގޮތަކަށްވެސް ގަބޫލް ނުކުރާ ބަޔަކަށް ކިހިނެތްތޯ ޑިމޮކްރެޓިކް ވެރިކަމެއް ކުރެވޭނީ." ފައްޔާޒު ވިދާޅުވިއެވެ. 

ސަތޭކަ ދުވަސްވި އިރު ތިންސަތޭކަ ދޮގު ހަދައިފި ކަމަށާއި ވެރިކަމަށް އައީވެސް ދޮގުހަދަމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

"ވޯޓުލީ ހައިވަކަރު އޮޑިއެއް ކަމަށް ހީކޮށް އެކަމަކު މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ޅޮސް އޮޑިއެއް. ކިރިޔާ ރާޅެއް ޖަހާލާއިރަށް ފަށަން ވެސް ބިންދައިގެން ނުދާކަމެއް ނޭނގޭ." ފައްޔާޒު ވިދާޅުވިއެވެ. 

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވީ މަސްވެރިންނަށް 48ގަޑިއިރު ތެރޭ މުސާރަ ދޭނެކަމަށާއި އިގްތިސާދު ހަމަޔަކަށް އަޅުއްވާނަމޭ ވިދާޅުވަމުން ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ  ނާގާބިލްކަންމަތީ ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެގެންދާތަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް