ads
ރައީސްގެ ފުރަތަމަ 100 ދުވަސްތެރޭގައި ރާއްޖޭގެ އިގްތިސާދު މެނޭޖު ނުކުރެވުނު: ޝާހިދު
ރައީސް ޑރ. މުހައްމަދު މުއިއްުޒުގެ ފުރަތަމަ 100 ދުވަސްތެރޭގައި ރާއްޖޭގެ އިގްތިސާދު މެނޭޖު ނުކުރެވުނުކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ މަޖިިލިސް ކެމްޕެއިން ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، ރައްޔިތުން މިއަދު ގޮވަނީ "މިސްރާބު ހަމަ މަގަށް" އެޅުވުމަށް ކަމަށެވެެ.

"މިސްރާބު ހަމަ މަގަށް" ނަމުގައި ކެމްޕެއިން ލޯންޗުކޮށް އެމްޑީޕީން ނުކުމެ އޮތީ މިސްރާބު ހަމަ މަގަށް އެޅުވުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީއަކީ ރާއްޖެ ބަދަލުކޮށްލި ޕާޓީކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވީ ރައީސް މުއިއްޒުގެ ފުރަތަމަ 100 ތެރޭގައި ރާއްޖޭގެ އިގްތިސާދު މެނޭޖު ނުކުރެވުނުކަމަށެވެ.

"ރައީސް މުއިއްޒުގެ ވެރިކަމުގައި މިދިޔަ 100 ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިގްތިސާދު މެނޭޖެއް ނުކުރެއްވުނު. މަސްވެރިން ގޮވަމުންގެންދަނީ ތިމަންމެން ފަނާވެއްޖޭ ހަނާވެއްޖޭ. ކޮބާތޯ ދެއްވަން ވިދާޅުވި 48 ގަޑިއިރު ތެރޭގައި ދެއްވަން ވިދާޅުވި ޑޮލަރު". ޝާހިދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 89 ދާއިރާއަކަށް ވާދަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް