ads
އަމީނިއްޔާ ސުކޫލުގައި އާދައިގެ ކްލާހެއްގައި ކިޔަވައިދިނުން ކުރިިއަށް ދަނީ: ހާއްސައެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެނީ އާދައިގެ ކްލާސްތަކުގައި --- ސަންފޮޓޯ/ ފަޔާޒު މޫސާ
ކްލާސްތައް ހޫނުވުމުގެ މައްސަލައަށް ހައްލެއް ގެނެސްދޭނަން: ރައީސް
ސުކޫލް މަދަރުސާތަކުގެ ކްލާސްތައް ހޫނުވުމުގެ މައްސަލައަށް ހައްލެއް ގެނެސްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުައިއްޒު ވިދާޅުވެެއްޖެ އެވެ.

ހދ. މަކުނުދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް އިއްޔެ ވިދާޅުވީ ސްކޫލުތަކުގެ ކްލާސް ރޫމްތަކަށް ހޫނުވާ މައްސަލަ އަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެއް ކަމަށެވެ. 

އެކަންކަން ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ވާހަކަ ދެކެވިފައިވާ ކަމަށާއި އޭސީ ހަރުކޮށްގެން ނުވަތަ "ފިނިކުރެވޭނެ ކޮންމެވެސް ކަހަލަ ނިޒާމަކުން" ކްލާސްރޫމްތައް ފިނިކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

""އަޅުގަނޑާ ސަލާންކުރަން ސަފުގައި ތިބި ވަރަށްކުޑަ ކުދިންތަކެއް، ސްކޫލް ކުދިންތަކެއް، އަޅުގަނޑާ ސަލާންކުރަމުން ދިޔައިރު، އެކުދިން އެދުނީ، ކްލާސްރޫމްތައް ވަރަށް ހޫނޭ، އޭސީ ކޮށްލައިދޭށޭ. އެއީ، އެ ކުދިން އަޅުގަނޑު ގާތު ސިއްރުން ބުނި ވާހަކައަކީ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތުގައި އަމިއްލަ ވިޔަފާރިވެރިން ބައިވެރިވާން ބޭނުންވާ ނަމަ އެކަމަށް ސަރުކާރުން މަރުހަބާ ކިޔާނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ކްލާސްރޫމްތައް އޭސީ ކުރުމަށާއި ބިލުދައްކަން އިތުރު ހަރަދުތަކެއް ދާނެ ކަމަށާއި ނަމަވެސް އެ މަސައްކަތް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް