ads
އައްޑޫ އެކްސިޑެންޓެއް ހިނގާ ކާރެއް ފުރޮޅާލައިފި
އައްޑޫ އެކްސިޑެންޓެއް ހިނގާ ކާރެއް ފުރޮޅާލައިފި އެވެ.
Advertisement

މި ކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އައްޑޫ ސިޓީގެ މެދެއާރި މަގާއި ސަރަފުއްދީން މަގާއި ގުޅުން ކަންމަތިން ދެ ކާރެއް ޖެހި އެކްސިޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް މިއަދު ފަތިހު 6:51 ލިބިފައިވާ ކަމަށެވެ. 

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ފާހަގަ ކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އެއް ކާރު ދުއްވީ އައްޑޫ ހައިސްކޫލްގައި މަސައްކަތް ކުރާ އަންހެން ޓީޗަރެކެވެ. އަދި އަނެއް ކާރު ދުއްވީ ފިރިހެން ފުލުހެކެވެ.

ނަމަވެސް އެކްސިޑެންޓުވި ދެ ކާރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައި ގައި ކާރު ދުއްވަން ތިބި ދެ މީހުންނަކީވެސް ލައިސެންސް އޮތް މީހުން ކަމަށް އެ އިދާރާއިން ހާމަކުރެ އެވެ. 

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ކަމާއި ގުޅޭ މައުލޫމާތު ލިބުންހާ އަވަހަކަށް އެ މައުލޫމާތު މީޑިޔާ ތަކާއި ހިއްސާ ކުރާނެ ކަމަށެވެ.

   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް