ads
މިދިޔަ ސަރުކާރުން ފަށާފައިހުރި މަޝްރޫއުތަކުގެ ޝަކުވާ ލިބޭ: ކުމުންދޫ ކައުންސިލް
މިދިޔަ ސަރުކާރުން އަމާޒެއްނެތި ފަށާފައިހުރި މަޝްރޫއުތަކުގެ ސަބަބުން ކައުންސިލަށް އާއްމު ރައްޔިތުންގެ ޝަކުވާ ލިބޭކަމުގައި ހދ. ކުމުންދޫ ކައުންސިލް އިން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ކުމުންދޫ އަށް ކުރައްވަމުންދާ ދަތުރުގައި ރައީސް އާއި އެކު ބޭއްވި ބައްދަލުވުމުގައި ހދ.ކުމުންދޫ ކައުންސިލް އިން މިދިޔަ ސަރުކާރުން އަމާޒެއްނެތި ފަށާފައިހުރި މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ކައުންސިލަށް ލިބޭކަމަށް ހދ. ކުމުންދޫ ކައުންސިލް އިން ބުނެފި އެވެ.

އެ ކައުސިލްއިން ވަނީ ކުނި މެނޭޖުކުރުމަށް ހާއްސަ ސެންޓަރެއް ގާއިމުކޮށްދެއްވުމަށާއި، ލެބޯޓަރީގެ ހިދުމަތް ނެތުމުން ދިމާވާ ގޮންޖެހުންތަކާއި، ބަނދަރުގެ މައްސަލައަށް ޖުމްލަގޮތެއްގައި ހައްލެއް ހޯދުމަށް މަސައްކަތް ކޮށްދެއްވުމަށާއި، ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތައް މަގުފަހިކޮށްދެއްވުމަށާއި ކުމުންދޫ ރައްޔިތުންނަށް ރޯހައުސް ނުވަތަ ފްލެޓް ގާއިމުކޮށްދެއްވުމަށް ރައީސް ގެ އަރިހުން އެދިފައި އެވެ. 

your imageރައީސް ހދ. ކުމުންދޫ ކައުންސިލްގެ އިދާރާތަކާއި އްދަލުކުރެއްވުން

މި ބައްދަލުވުމުގައި ރައީސް ވަނީ އެ ކައުންސިލުން ފާހަގަ ކޮށްފައިވާ ކަންކަން ކުރުމަށް ސަރުކާރުގެ ފަރާތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމާއި ބެހޭ އިދާރާތަކާއި މަޝްވަރާ ކުރައްވާނޭ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް