މިއަދު އެންޓިކޮރަޕްޝަން ކޮމިޝަންއާއި އިސްލާމިކް އެފެއާޒް މިނިސްޓްރީ އާއި ދެމެދު ވެވުން އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިނިސްޓްރީ ހިނގާނީ އިންސާފުވެރިކަމާއި އެކު އަދި އަދުލުވެރިކަމާއި އެކުގައި ކަމަށެވެ.
ކޮރަޕްޝަންއަކީ އިސްލާމް ދީންނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށާއި އެހެން ކަމުން ކޮރަޕްޝަންގެ އަމަލުތަކަށް އެއްވެސް ގޮތަކަށް ފުރުސަތު ދެވިގެން ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު އެންޓިކޮރަޕްޝަން ކޮމިޝަންއާއި އިސްލާމިކް އެފެއާޒް މިނިސްޓްރީ އާއި ދެމެދު ވެވުން މި އެއްބަސް ވުމުގައި އިސްލާމިކް މިނިސްޓްރީންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އޭސީސީ ގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އެވެ.
މި އެއްބަސް ވުމުގައި ސޮއި ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މި އެބަސްވުމުގެ މަގުސަތަކީ ކޮރަޕްޝަން ހުއްޓުވުމަށް ދެ ފަރާތުން ގުޅިގެން ކުރެވޭނެ މަސައްކަތް ދެނެގަނެ އެ މަގުޝަތު ހާސިލް ކުރުމުން ދެ ފަރާތުން ގުޅިގެން ކުރެވޭނެ މަސައްކަތް ކަނޑައެޅުމާއި ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭ ގޮތުން އެ ކޮމިޝަން އިން ދޭ ލަފާ އިރުސާދު ތަންފީޒު ކުރުމުގައި ކަނޑައެޅުން ކަމަށެވެ.
މީގެ އިތުރުން ދެ ފަރާތުގެ ދެމެދު ފަންނީ އެހީ ބަދަލުކުރެވޭނެ ގޮތަކާއި މެދު މަޝްވަރާ ކުރުމާއި ދިމާވާ މައްސަލަތައް ދިމާވުމުން އެކަންކަމާއި ބެހޭ ގޮތުން ކުރަން ޖެހޭ މަޝްވަރާއެއް ކުރުމަށް މި އެއްބަސްވުމުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެކޮމިޝަނުން ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް ކުރާ މަސައްކަތަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިގެން ނޫނީ އޭގެ ހަގީގީ މަގުސަދު ހާސިލުނުވާނެ މަސައްކަތެއް ކަމަށެވެ. އަދީ ވިދާޅުވީ އެކޮމިޝަނުން ކުރާ މަސައްކަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީން ކުރައްވާ ކަމަށެވެ.