ads
މި ތިބީ ފިސާރި ސާބިތުކަމާ އެކީގައި ރައީސް މުއިއްޒު އަރިހުގައި: އަދުރޭ
މި ތިބީ ފިސާރި ސާބިތުކަމާ އެކީގައި ރައީސް މުއިއްޒާއެކު އިހުލާސްތެރިކަމާ އެކު ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ށ. މިލަންދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އަބްދުރަހީމް މިއަދު ވިދާޅުވީ ވަކި ބޭފުޅެއްގެ ފަހަތަކުން ނުދާނެކަމަށާއި ދާނީ ފިކުރުގެ ފަހަތުން ކަމަށެވެ 

ވެރިމީހާގެ "ބުރަކައްޓަށް ވަޅިއެއް ނުޖަހާނަން" ކަމަށާއި އެގޮތަށް ކަން ކުރި މީހުން ވެސް ދެކެފިން ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އަދުރޭ ވަނީ ރައްޔިތުން ވެސް ވަކި ބޭފުޅެއްގެ ފަހަތުން ނުގޮސް ފިކުރުގެ ފަހަތުގައި މަސައްކަތްކުރަން ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައި އެވެ.

ވަކި ބޭފުޅަކަށްޓަކައި ދުނިޔެ ހުއްޓި ނޯންނާނެ ކަމަށާއި ވެރިކަމަކީ އަބަދުވެސް ބަދަލުވާނެކަމެއް ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.

ރައްޔިތުންނަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކީގައި ވެރިކަން ކޮށްދެއްވާ ވެރިއެއްގެ ގަދަރާއި އިއްޒަތް ހައްތަހައި ބޮޑުވެ މަތިވެރިވާނެ ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ދޮގު ހަދައި މަކަރު ހަދައި އޮޅުވާލައި މީހުންގެ ނިކަމެތިކަން އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވާނެ ކަމަށެވެ. 

"ރައްޔިތުން ނިކުމެ އެމްޑީޕީގެ ވެރިކަން ބަދަލުކުރީ އެ ވެރިކަމުގައި ކަންތައް ހިންގާ ގޮތް ކަމު ނުގޮސްގެން. ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވަނީ ރައީސް މުއިއްޒު އަށް" އަބްދުރަހީމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ދުވަހު ނުކުތް ސިޔާސީ ފިކުރާ އެކީގައި އަދިއަދަށް ވެސް ހުރިކަަމަށާއި ދޫކޮށްފައި ބޭފުޅުން ވަޑައިގަތުން އެއީ އެމަނިކުފާނު ކުށްވެރިވާ ކަމެއް ނޫން ކަމަށެވެ.

އެކަމާ ދޭތެރޭގައި ކަންބޮޑުވޭ، ދެރަވާ ކަމަށާއި ވަފާތެރިވާނީ ފިކުރަށް ވަކި ބޭފުޅަކަށް ނޫން ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް