ads
ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އާއި ސްރީލަންކާގެ އޭވިއޭޝަން މިނިސްޓަރު މަޝްވަރާކުރައްވަނީ. -- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
ލަންކާއަށް ބަލި މީހުން އުފުލަން މިހާރު ދެ ގަޑިއިރު ތެރޭ ހުއްދަ ލިބޭނެ
އެއާ އެމްބިއުލާންސްގައި އަވަށްޓެރި ސްރީލަންކާއަށް ބަލި މީހުން އުފުލަން މިހާރު ގިނަވެގެން ދެ ގަޑިއިރު ތެރޭގައި ހުއްދަ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.
Advertisement

އެއާ އެމްބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަން ޖެހޭ ހުއްދަ ހޯދުމުގައި ހޭދަވާ ވަގުތު ކުޑަކުރީ މިދިޔަ މަހުގެ ފަހުކޮޅު ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން، އެ ގައުމަށް ކުރެއްވި ދަތުރުގައި ލަންކާ ސަރުކާރާ އެކު ކުރި މަޝްވަރާގަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މިދިޔަ މަހުގެ 29 އިން 30 އަށް އަމީން ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކަށް ފަހުގައި ރާއްޖެއިން ލަންކާއަށް އެއާ އެމްބިއުލާންސް އަދި އެ ނޫން ވެސް އެމަޖެންސީ ފްލައިޓުތައް އޮޕަރޭޓުކުރަން ބޭނުންވާ އެންމެހައި ހުއްދައެއް ގިނަވެގެން ދެ ގަޑިއިރު ތެރޭގައި ހަމަޖައްސަން އެއްބަސްބވެފައިވާ ކަމަށެވެ. 

"ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހިންނަށް ބޭސް ފަރުވާގެ އިންތިޒާމު ވެސް ހަމަޖެއްސުމަށް. އަދި އެ ގައުމުތަކަށް ވެސް އެއާ އެމްބިއުލާންސުގައި ބަލި މީހުން އުފުލުމުގެ އަަވަސް އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ސަރުކާރުގެ ސިޔާސަތެއް" ރައީސް އޮފީހުން ބުނެއެވެ.

އިމަޖެންސީ ހާލަތްތަކުގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން ގެންދިއުން އަވަސް ކޮށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު އިދާރާތަކުން މަސައްކަތް ފަށާފައި ވެއެވެ.

އެއާ އެންބިއުލާންސްގެ ހިދުމަތް ތައާރަފު ކުރުމާއި ފުޅާ ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އަންނަ މާޗް މަހުގެ އެއްވަނަ ދުވަހު އެ ހިދުމަތް ތައާރަފު ކުރާނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް