ads
ލޭބާ ޕާޓީގެ ސްޕޯކްސް ޕާސަން މައުރޫފް
ކުރިއަށް އޮތް ދުވަސްތަކަކީ މަސައްކަތްތެރިންނަށް ނިކަމެތި ދުވަސްތަކެއް: ލޭބާ ޕާޓީ
ކަންކަން ބައްޓަން ވަމުންދަނީ މަސައްކަތްތެރިން ނިކަމެތިވާ ގޮތަށްކަމަށް ލޭބާ ޕާޓީގެ ސްޕޯކްސް ޕާސަން މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
Advertisement

ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ރާއްޖޭގެ އިގްތިސާދުގެ 80 އިންސައްތަކަމަށްވާއިރު އެދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ވަޒީފާ ގެއްލި، ނޯޕޭއަށް ދާ މަންޒަރުން ފެނަންނަމުންދާކަމަށެވެ. އެގޮތުން އާއިލާތައް ބިކަވަމުން ދާކަމަށެވެ. އަދި އެކަމާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ޖޮބު ސެންޓަރު ރަޖިސްޓްރީ ކުރިނަމަވެސް އެކަމަށް އެއްވެސް ރެސްޕޮންޑެއް ނުކުރާކަމަށާއި އެކަންކަން ދަނީ ބޮއްސުންލައިގެންކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރުން އެކަންކަން މޮނީޓާ ކުރަމުން ނުދާކަމަށް މައުރޫފު ވިދާޅުވިއެވެ.

މައިގަނޑު ގޮތެއްގައި ދުނިޔޭގެ މިހާތަނަށް ގިނަ ގައުމުތަކުގައި އަޅާފައިވާ ސްޓިއުމަލްސް ޕްކޭޖުތައް ނުވަތަ ސަރުކާރުތަކުން ކަނޑައަޅާފަ ހުރި ޕެކޭޖުތައް ކަނޑައާޅަފަ އެންމެ ފުރަތަމަ ކަމަކަށް ކުރީ މަސައްކަތްތެރިންނާ މަޝްވަރާކުރެވިގެން ކަނޑައެޅިފަ މަސައްކަތްތެރިންގެ ކަންބޮޑުވުންތައް އޭގައި ހިއްސާކުރެވިގެން ކަނޑައެޅިފަ ހުރި ޕެކޭޖުތައް. ރާއްޖޭގައި މިހާތަނަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގަ މަސައްކަތްތެރިންގެ އެއްވެސް ޖަމިއްޔާއަކާވެސް، އަޅުގަނޑުމެންނަކާވެސް އަދި އިންޑިވިޖުއަލް މަސައްކަތްތެރިންކާވެސް އެއްވެސްވަރަކަށް މަޝްވަރާކުރެވިފަ އޮތްކަމަކަށް ނުފެނޭ." މައުރޫފު ވިދާޅިވިއެވެ.

މައުރޫފު ވިދާޅުވީ ސްޓިއުމަލްސް ޕްކޭޖުތަށް އެކަށީގެންވާ ގޮތުގައި ގެނެސްފައިވާ ގައުމުތަކުގައި ސީދާ އެ ޕްކޭޖުތައް ހާއްސަކުރެވިފައި ވަނީ އާންމު ރައްޔިތުންނަށް ހާއްސަކުރެވިގެންކަމަށެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ޕްކޭޖުތައް ހާއްސަކުރެވިފައި ވަނީ ވަޒީފާ ދޭ ފަރާތްތަކަށް ކަމަށެވެ. އެގޮތުން އެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ހިޔާމަތްކުރުމަށާއި އެހެންކަމުން އެކުންފުނިތަކުން އެ ޕެކޭޖަށް ނޭދެވޭނަމަ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޭގެ ފައިދާނުކުރާނެކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގައި ވަޒީފާގެ ބާޒާރުގައި ރެގިއުލޭޓް ކުރެވިގެން ކުރިއަށްދާ ބާޒާރެއް ނޫންކަމަށެވެ. އަދި މަސައްކަތްތެރިން ހައްގުތައް ގެއްލުމުން ޖެހެނީ ފަރުދީ ގޮތެއްގައި މަސައްކަތްކުރަންކަމަށެވެ. އެހެންކަމުން ހައްގު ހޯދުމަށް ކުރާ މަސައްކަތްކުރުމަކީ ދެކޮޅު ނުޖެހޭ ކަމެއްކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް